މިބޯޑު އުފެއްދެވުމާ ގުޅިގެން މިއަދުން ފެށިގެން ރ. އަތޮޅުގައިވާ ސަރުކާރުގެ 14 ސިއްހީ މަރުކަޒު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ދަށުން ބެލެހެއްޓެވުމަށް ވަނީ ނިންމަވާފައެވެ.
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ގަވާނިން ބޯޑް މިއަދު އެކުލަވައިލާ އެ ބޯޑަށް މެންބަރުން އައްޔަން ކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ގަވާނިން ބޯޑް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މިއަދު އެކުލަވައިލައްވައި އެ ބޯޑަށް މެންބަރުން އައްޔަން ކުރައްވާފައިވާ ކަމަށެވެ.
އެގޮތުން ބޯޑު މެންބަރު ކަމުގެ މަގާމަށް ހަ ބޭފުޅަކު ވަނީ އައްޔަން ކުރައްވާފަ އެވެ.
މި ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވީ މުހައްމަދު ސާމިއު އެވެ.
މިބޯޑު އުފެއްދެވުމާ ގުޅިގެން މިއަދުން ފެށިގެން ރ. އަތޮޅުގައިވާ ސަރުކާރުގެ 14 ސިއްހީ މަރުކަޒު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ދަށުން ބެލެހެއްޓެވުމަށް ވަނީ ނިންމަވާފައެވެ.