ސަލްމާން މިސްކިތުގައި ހުރި އެއާ ކޮންޑިޝަން ސިސްޓަމްތަކުން ފިނި ނުވާތީ މި އަހަރުވެސް އޭސީތައް މަރާމާތު ކޮށްފައިވެ އެވެ. އަދި އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އެ އޭސީތަކުގައި މައްސަލަ ޖެހެނީ ލޮނުގެ އަސަރު ކުރާތީ ކަމަށެވެ.
ރާއްޖޭގައި އެންމެ ފުރިހަމައަށް ތަރައްގީ ކޮށްފައިވާ އެންމެ ބޮޑު މިސްކިތް، އަދި އެންމެ ގިނަ އޭސީ ބޭނުންކޮށް ފިނި ކުރެވޭ ފުރިހަމަ ނިޒާމެއް ގާއިމްކޮށްފައިވާ ސަލްމާން މިސްކިތުގައި މިއަދު ފަންކާތަކެއް ބަހައްޓައިފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ސަލްމާން ރަސްގެފާނު ހަދިޔާ ކުރެއްވި މި މިސްކިތަކީ އެންމެ ގިނަ ބަޔަކަށް އެއް ފަހަރާ ނަމާދުކުރެވޭ މިސްކިތެވެ، ސަލްމާން މިސްކިތުގެ ކުރީ ސަފުގައި ފަންކާތަކެއް ބަހައްޓާފައި ވަނީ މިސްކިތުގެ އެއާ ކޮންޑިޝަން ސިސްޓަމުން އަނެއްކާވެސް ފިނި ނުވާތީ ކަމަށް ވެއެވެ.
ސަލްމާން މިސްކިތުގައި ހުރި އެއާ ކޮންޑިޝަން ސިސްޓަމްތަކުން ފިނި ނުވާތީ މި އަހަރުވެސް އޭސީތައް މަރާމާތު ކޮށްފައިވެ އެވެ. އަދި އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އެ އޭސީތަކުގައި މައްސަލަ ޖެހެނީ ލޮނުގެ އަސަރު ކުރާތީ ކަމަށެވެ.
ސަލްމާން މިސްކިތަކީ ޒަމާނީ ސައުންޑް ސިސްޓަމްއަކާއެކު 300 މީހުންގެ ފުރިހަމަ ޖަލްސާ މާލަމެއް ވެސް ހުރި ބިނާ އެވެ. ނަމަވެސް މި ސަރުކާރުން ސަލްމާން މިސްކިތަށް މާބޮޑު އަޅާލުމެއް ބަހައްޓާތަނެއް ނުފެނެ އެވެ. މިތަނުގެ ވަސީލްތަކުގެ ބޭނުން ވެސް އެކަށީގެންވާ ގޮތެއްގައި ކުރަމަކުން ވެސް ނުދެ އެވެ. މާބޮޑު އަޅާލުމެއް ވެސް ނޯވެ އެވެ.
އިސްލާމިކް މިނިސްޓްރީން "މި" ނޫހަށް ބުނި ގޮތުގައި މިދިޔަ އަހަރު ސަލްމާން މިސްކިތާއި އިސްލާމީ މަރުކަޒު ބަހަލައްޓަން ޖުމުލަ 11 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ. އިސްލާމީ މަރުކަޒަށް މިދިޔަ އަހަރު ޖުމްލަ 7.1 މިލިއަން ރުފިޔާ ވަނީ ހަަރަދުވެފަ އެވެ. އަދި ސަލްމާން މިސްކިތަށް 4.8 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. ދެ މިސްކިތް އަޅާ ކިޔާނަމަ ޖުމުލަ ހަރަދު ބޮޑީ މަރުކަޒުގެ އެވެ. އެ މިސްކިތުގެ ޖުމްލަ ހަރަދު 37 ޕަސެންޓް ސަލްމާން މިސްކިތަށްވުރެ ބޮޑެވެ. އެހެންވުމުގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ އިސްލާމީ މަރުކަޒުގައި ސަރުކާރުގެ މިނިސްޓްރީއެއް ހިންގަމުން ދިއުމުން ކަމަށްވުން ގާތެވެ.
ޖުމުލަ ހަރަދު ބޮޑު މަރުކަޒުގައި ބޮޑު ނަމަވެސް ވަކިވަކި ބައިތަކަށް ބަލާނަމަ ހަރަދު ބޮޑީ ސަލްމާން މިސްކިތުގެ އެވެ. އެންމެ ޒަމާނީ ކޮންޕިއުޓިރައިޒް އޭސީ ސިސްޓަމެއް ގާއިމް ކޮށްފައިވާ ސަލްމާން މިސްކިތުގެ ކަރަންޓު ބިލް މަރުކަޒަށްވުރެ އެތައް ގުނައެއް ބޮޑުކަން ފާހަގަ ކުރެ އެވެ.
ބޮޑު ދެ މިސްކިތުގެ މައުލޫމާތު ކޮޅެއް - ހަރަދު ބޮޑީ މަރުކަޒު ؛ ކަރަންޓު ބިލު ބޮޑީ ސަލްމާން