2026ގަ އަދާކުރަންޖެހޭ ބޮޑު ދަރަނީގެ އަސަރު ޕްރައިވެޓް ސެކްޓަރަށް ކުރާނެ: ވޯލްޑް ބޭންކް

ރައީސް ސޯލިހްގެ ވާދަވެރީން އެންމެ ބޮޑަށް ދައްކަވަނީ 2026 ވަނަ އަހަރު ބޮޑު ދަރަނި ދެއްކުމަށް ގިނަަ އަދަދެއްގެ ފައިސާ ހޭދަ ކުރަން ޖެހޭ ވާހަކަ އެވެ. އެކަން ފަސޭހައިން ނުކުރެވޭނެ ކަމަށް ވިދާޅުވެ ވާދަވެރީން ވާހަކަ ދައްކަ އެވެ.

ވޯލްޑް ބޭންކް: ރާއްޖޭގެ ދަރަނީގެ ހަލަތާމެދު ކަންބޮޑުވޭ

ރާއްޖޭގެ ތާރީހުގައި ދައްކަން ޖެހޭ އެންމެ ބޮޑު ދަރަނި  2026 ވަނަ އަހަރު އަދާ ކުރަން ޖެހޭއިރު، އެ ދަރަނީގެ އަސަރު ރާއްޖޭގެ ޕްރައިވެޓް ސެކްޓަރަށް ފޯރާނެ ކަމަށް ވޯލްޑް ބޭނުން ބުނެފި އެވެ. 

ވޯލްޑް ބޭންކުން ނެރުނު މި ސަރަހައްދުގެ އިގްތިސޯދީ ހާލަތާ ގުޅޭ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުން 2026 ގައި ލޯނު އަދާ ކުރަން އެހާ ބޮޑު އަދަދަކުން ފައިސާ ހޯދަން ޖެހުމާއެކު ބޭރުން ފައިނޭންސިން ހޯދަން ދަތިވެ، އެކަމުގެ އަސަރު ދިވެހިރާއްޖޭގެ އަމިއްލަ ވިޔަފާރި ތަކަށައި ވިޔަފާރި ހިންހާ ފަރާތްތަކަށް ކުރުން ވަރަށް ގާތެވެ. 

ވޯލްޑް ބޭންކުން ވަނީ މި އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި، ޖީޑީޕީގެ 115 ޕަސެންޓަށް އުފުލޭނެ ކަމަށް ވެސް ބުނެފަ އެވެ. 

އިންޑިއާގެ ލޯނު އެހީގައި ރާއްޖޭގައި ހަދަމުން އަންނަ ތިލަމާލެ ބްރިޖްގެ މަސައްކަތއ ކުރަނީ
ބޮޑު ދަރަންޏަށް ކިހާ ވަރެއް؟ - ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު ގައުމުގެ ޖުމްލަ ދަރަނި 100 ބިލިއަން ރުފިޔާ ފަހަނަ އަޅައި 2026 ގައި 600 މިލިއަން ޑޮލަރު (9 ބިލިއަން ރުފިޔާ) ދަރަންޏަށް ދައްކަން ޖެހެ އެވެ.

ރާއްޖޭގެ މި ދަރަނި މަތިވީ ނިމޭން މިދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވިއްކި 500 މިލިއަން ޑޮލަރު ސްކޫކް އަކާއި 100 މިލިއަން ޑޮލަރު ލޯނެއް ލައިގެންނެވެ. އެކަމަކު ރާއްޖެއަކީ އާއްމު ގޮތެއްގައި ލޯނު ދައްކަން އެންމެ މަތިން ވެސް ހަތަރު ބިލިއަން ހޭދަ ކުރި ގައުމެކެވެ. މީގައި އޮތް ނުރައްކަލަކީ ރާއްޖޭގެ ހަރަދު މަތިވަމުން ދާއިރު ލޯނު ދައްކަން ހެދި ފަންޑު ވެސް ކޮންޓްރޯލް ކުރަން މަސައްކަތް ކޮށްފައިވުމެވެ. 

ދަރަނި މަތިވި ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިހާބުން ބަލިވެޑައިގަތް ރައީސް ސޯލިހު ވަނީ ރާއްޖޭގެ ބޮޑު ދަރަނި ދެއްކޭނެ ކަމަށް ވިދާޅުވެފަ އެވެ. ރިޔާސީ ކެންޑިޑޭޓުންނަށް ހާއްސަ ކޮށްގެން "ސަންގު ބަހުސް" ނަމުގައި ކުރިއަށް ގެންދިޔަ ބަހުސް ގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް ސޯލިހްގެ ވާދަވެރީން އެންމެ ބޮޑަށް ދައްކަމުން ގެންދަވަނީ 2026 ވަނަ އަހަރު ދަރަނި ދެއްކުމަށް ގިނަަ އަދަދެއްގެ ފައިސާ ހޭދަ ކުރަން ޖެހޭ ވާހަކަ އެވެ.  އެކަން ފަސޭހައިން ނުކުރެވޭނެ ކަމަށް ވިދާޅުވެ ވާދަވެރީން ވާހަކަ ދައްކައެވެ.

ދަރަންޏާމެދު ރައީސް ސޯލިހު ވިދާޅުވި ބަސްފުޅެއް - ރައީސް ޔާގީންކަމާއެކު: ދަރަނި ދެއްކޭނެ، އެއްވެސް ދައްޗެއް ނެތް

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.