މަރަދޫ ކޮންކޯޑް ދޯންޏަށް އެއް ދުވަހުން 1.5 މިލިއަން ރުފިޔާ

މީގެ ކުރިން 62 ޓަނުގެ މަސް ކިރައިންގެ ކޮންކޯޑު ދޯންޏަށް މިދިޔަ މާރިޗު މަހު ލިބިފައި ވަނީ، އޭރުގެ ރޭޓުން 1.06 މިލިއަން ރުފިޔާ އެވެ.

ސ. އަތޮޅު މަރަދޫ "ކޮންކޯޑް" ދޯނި

މަސް ކިރުވައިގެން އައްޑު އަތޮޅު މަރަދޫ "ކޮންކޯޑް" ދޯނި، އެއްދުވަހުން 1.5 މިލިއަން ރުފިޔާ ހޯދައި ތާރީހީ ރިކޯޑެއް ގާއިމްކޮށްފި އެވެ.

ކޮންކޯޑް ދޯންޏަށް މަސް ކިރުވައިގެން ލިބުނު މި މިންވަރަކީ މިއީ ރާއްޖޭގެ ތަރީހުގައި މިހާތަނަށް މަސް ކިރުވައިގެން ދޯންޏަކަށް އެއް ދުވަހު އެންމެ ގިނަ ފައިސާ ލިބުނު ފަހަރެވެ. 

ސ. އަތޮޅުގެ އެ ދޯނިން އިއްޔެ ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ހިންގާ ގއ. ކުއްޑޫ ބަނދަރަށް 60،005 ކިލޯ ނުވަތަ 60 ޓަނުގެ މަސް ކިރުވި އެވެ. މަރަދޫ ކޮންކޯޑުން ވަނީ މިއަހަރު މާރިޗު މަހު ވެސް 62 ޓަނުގެ މަސް ކިރުވައި ދޮށީ މަސްވެރިކަމުގެ ނަމްބަރުގެ ރެކޯޑެއް ހަދާފަ އެވެ.

ބުރާސްފަތި ދުވަހު މި އަދަދަށް ކޮންކޯޑް ދޯންޏަށް އެއް ދުވަހުގެ މަހަށް ފައިސާ ލިބުނު އިރު މިދިއަ ރިޔާސީ އިންތިހާބުގެ ތެރޭގައި މިހާރުގެ ސަރުކާރުން ވަނީ މިފްކޯއަށް މަސް ގަންނަ އަގަށް ބަދަލު ގެނެސްފަ އެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން ދެވަނަ ބުރަކަށް ދިއުމާއެކު ސަރުކާރުން ވަނީ އޭރު މަސް ކިލޯއެއް ގަންނަ ރޭޓް 18ރ. އިން 25ރ. އަށް މަސް ކިލޯއަކަށް އަގު އުފުލާފަ އެވެ. 

ކޮންކޯޑުން އިއްޔެ ދުވަހު ކިރުވި މަހަށް ލިބުނު ޖުމްލަ ފައިސާގެ އަދަދު 1،500،125ރ. އެރީ މަހުގެ އަގަށް ގެނައި ބަދަލާއެކު އެވެ.

މީގެ ކުރިން 62 ޓަނުގެ މަސް ކިރައިންގެ ކޮންކޯޑު ދޯންޏަށް މިދިޔަ މާރިޗު މަހު ލިބިފައި ވަނީ، އޭރުގެ ރޭޓުން 1.06 މިލިއަން ރުފިޔާ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.