ތަމްރީނު ހަދަން ކަސްޓަމްސްގެ 20 އޮފިޝަލަކު އިންޑިއާއަށް

އެމްއޯޔޫއެއްގެ ދަށުން 2020 ވަނަ އަހަރު މިހާތަނަށް ރާއްޖޭގެ ކަސްޓަމްސްގެ 190 އަށްވުރެ ގިނަ އޮފިސަރުން އިންޑިއާގައި ތަމްރީނު ކޮށްފައި ވެއެވެ.

ތަމްރީނު ހަދަން ރާއްޖެއިން އިންޑިއާއަށް ދާން ކަސްޓަމްސް އޮފިޝަލުންނާއި ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރު މުނޫ މަހާވަރު އަދި އޮފިޝަލުން

ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމެއްގައި ތަމްރީނު ހޯދަން ރާއްޖޭގެ ކަސްޓަމްސް އޮފިސަރުންގެ ވަފުދެއް މި މަހު އިންޑިއާއަށް ޒިޔާރަތް ކުރާނެ އެވެ. 

ޓްރެއިނިން - ސްޓަޑީ ޓުއާގައި ބައިވެރިވާ ކަސްޓަމްސްގެ 20 އޮފިޝަލުންގެ ގްރޫޕް މި މަހުގެ 8 އިން 14 އަށް އިންޑިއާއަށް ދާނެއެވެ. މި ދަތުރު ކުރަނީ އިންޑިޔާ ސަރުކާރާ ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަން (ޑަބްލިއުސީއޯ) ގެ ދަށުން ބެންގަލޫރުގެ ރީޖަނަލް ޓްރެއިނިން ސެންޓަރުގެ މެންޑޭޓްގެ ދަށުންނެވެ.

މިއީ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސް އެންޑް ކަސްޓަމްސް (ސީބީއައިސީ) ގެ ދަށުން ކަސްޓަމްސް ތަމްރީނުކުރާ އެންމެ މަތީ މުއައްސަސާ، ބެންގަލޫރުގެ ނޭޝަނަލް އެކަޑަމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސް އެންޑް ނާކޮޓިކްސް (ނާސިން) އިން "ކްރިއޭޓިން އެންޑް މެނޭޖިން ކެނައިން ސެންޓަރު" ގެ ޓްއާ އެކެވެ.

ފަސް ދުވަހަށް ކުރިއަށް ގެންދާ މި ސްޓަޑީ ޓުއާގައި ހިމެނޭ ދާއިރާތަކުގެ ތެރޭގައި އެންފޯސްމަންޓް އެޖެންސީތަކަށް ކެނައިން ސްކޮޑްގެ މުހިންމު ކަމާއި، ޒަމާނީ ކެނައިން ސްކޮޑް އުފެއްދުމާއި، ސްކޮޑުގެ އަސާސީ ތަމްރީނާއި، ޑޯގް ހޭންޑްލަރުން ހޯދުމާއި ތަމްރީނު ކުރުން ފަދަ ދާއިރާތައް ހިމެނެ އެވެ. 

އަދި އެ ދާއިރާތަކުގެ ތަޖުރިބާކާރުން ސެޝަތައް ބާއްވާ އަމަލީ ތަޖުރިބާ ދިނުމުގެ ގޮތުން ނާސިން ބަންގަލޫރު އިން ވަނީ އަމްރިތުސަރުގެ އަޓާރީގައި ހުންނަ ސީބީއައިސީގެ ކެނައިން ފެސިލިޓީ "ކަސްޓަމްސް ކޭ9 ސެންޓަރު" ގައި ތަމްރީނުގެ ބައެއް ވެސް އިންތިޒާމް ކޮށްފަ އެވެ. އޭގެތެރޭގައި ބޭސިކް ގްރޫމިން އާއި ކެނެލް މެނޭޖްމަންޓާއި ސްޕެޝަލައިޒްޑް ސެންޓް ޓްރެއިނިން އާއި އޮބިޑެންސް ޓްރެއިނިން ފަދަ ކަންކަމަށް ސެޝަންތައް ބާއްވާނެ އެވެ. މީގެ އިތުރުން މައިސޫރު އަދި އަމްރިތުސަރުގެ ތާރީހީ، ސަގާފީ ސިޓީތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ވެސް ދޭނެ އެވެ.

މިދަތުރަކީ އެމްސީއެސްގެ ކެޕޭސިޓީ ބިލްޑިންގައި އެއްބާރުލުން އިތުރު ކުރަން 2019 ވަނަ އަހަރުގެ ޖޫން މަހު އިންޑިއާގެ ބޮޑު ވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ސީބީއައިސީ އާއި އެމްސީއެސް އާ ދެމެދު ސޮއިކުރި "އެމްއޯޔޫ އޮން ކޯޕަރޭޝަން އިން ކަސްޓަމްސް ކެޕޭސިޓީ ބިލްޑިން" ގެ ދަށުން ކުރާ ދަތުރެކެވެ.

މި އެމްއޯޔޫގެ ދަށުން 2020 ވަނަ އަހަރު މިހާތަނަށް ރާއްޖޭގެ ކަސްޓަމްސްގެ 190 އަށްވުރެ ގިނަ އޮފިސަރުން އިންޑިއާގައި ތަމްރީނުކޮށްފައި ވެއެވެ. މީގެ އިތުރުން އެމްސީއެސްގެ ގާތްގަނޑަކަށް 90 އޮފިސަރުން ވަނީ ކަސްޓަމައިޒްޑް ވާޗުއަލް ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވެފައި ވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.