ޖުމްހުރީ މައިދާން މިހާރު އެއޮތް ގޮތަށް ފަހުން ބަދަލުކޮށްފައި ވަނީ މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގަ އެވެ. އަދި އެ މަނިކުފާނުގެ މޭޔަރު ކަމުގައި ވެސް އެ މަދާނުގެ އާބަތުރަ ފިލުވާފައި ވެއެވެ.
އާންމު ރައްޔިތުންނަށް ބައިވެރިވެވޭ ފަދަ އިންތިޒާމެއްގައި ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު / ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ=، މާލޭގެ ޖުމްހޫރީ މައިދާނުގައި ބާއްވައި ދޭން ރައްޔިތުންގެ މަޖިލިހުގައި އެދިވަޑައިގެންފައިވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ "ވަގުތު" ނޫހަށް ދެއްވި އިންޓަވިއުއެއްގެ ތެރޭގަ އެވެ.
އިންތިހާބީ ރައީސް ވިދާޅުވީ އެގޮތަށް އެދި ވަޑައިގަތީ ވީހާވެސް ގިނަ އާންމު ރައްޔިތުންނަށް ފެންނަ ގޮތަށް އަދި އެ ރަސްމިއްޔާތުގައި ބައިވެރިވެވޭ ގޮތަށް އެ މަނިކުފާނާއި އިންތިހާބީ ނައިބު ރައީސް ހުވާ ކުރައްވާށެވެ.
"ދައުވަތު ދެވޭ ބޭފުޅުންގެ އިތުރުން ކަނޑައެޅޭ ވަކި ހިސާބެއްގައި ވީހާވެސް ގިނަ ރައްޔިތުންނަށް ބައްލަވަން ވަޑައިގެންނެވޭ ގޮތަށް ފުރުސަތު ދެވެން އޮތް ފުޅާ ދާއިރާއެއްގައި ލިބޭނީ އެ ތަނުގައި،" މުއިއްޒު ވިދާޅުވިއެވެ.
މީގެ ކުރީން 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހުވާ ކުރެއްވީ ގަލޮޅު ބޯޅަދަނޑުގަ އެވެ.
ގަލޮޅު ދަނޑުގެ ބަދަލުގައި ޖުމްހޫރީ މައިދާން ހިޔާރު ކުރެއްވީ، މުއިއްޒު ވިދާޅުވި ގޮތުގައި، އެއީ ވެރިކަން ކުރާ ރަށުގައި އެންމެ މުހިންމު މައިދާނަށް ވުމާއި ދިވެހި ގައުމީ ބޮޑު ދިދައިގެ ކޯއްޓޭ ވެސް އެ މައިދާނުގައި ހުރުމުންނެވެ. ޖުމްހުރީ މައިދާން މިހާރު އެއޮތް ގޮތަށް ފަހުން ރީތިކޮށް ބަދަލުކޮށްފައި ވަނީ މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގަ އެވެ. އަދި އެ މަނިކުފާނުގެ މޭޔަރު ކަމުގައި ވެސް އެ މަދާނުގެ އާބަތުރަ ފިލުވާފައި ވެއެވެ.
އިންތިހާބީ ރައީސް މުއިއްޒު ހުވާ ކުރައްވާ މަޖިލީހުގެ ޖަލްސާގެ އިންތިޒާމުތައް މަޖިލިހުގެ އިދާރާ އިން ވަނީ ފަށާފަ އެވެ. މަޖިލީހުގެ ރައީސް މުހައަމަދު ނަޝީދު ވިދާޅުވެފައިވަ ގޮތުގައި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އިންތިހާބީ ރައީސް އެދިވަޑައިގެންފައިވާ ގޮތަށް ކުރިޔަށް ގެންދަ މަސައްކަތް ކޮށް ދެއްވާނެ އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުގައި، އެ އިންތިހާބު ކާމިޔާބު ކުރެއްވެވި މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފައެވެ. ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ.