މާލޭ މޭޔަރު ކަމަށް އައެކޮ ވާދަ ކުރައްވަން އެދެނީ

މާލޭ ސިޓީގެ މޭޔަރު ކަމުގެ މަގާމު ހުސްވަނީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ރާއްޖޭގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންފައި ވުމުންނެވެ.

މާލޭގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު

މާލޭ ސިޓީގެ މޭޔަރު ކަމަށް މާލޭގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު (އައެކޮ) ކުރަމަތިލައްވާ ވާދަ ކުރެއްވުމަށް ދަ ޑިމޮކްރެޓްސްގެ އާންމުން މެންބަރުން ބާރު އަޅާން ފަށައިފި އެވެ. 

މާލޭގެ މޭޔަރު ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅު ކުރައްވާފައި ވަނީ ނިމޭންދާ ސަރުކާރުގެ ޔޫތު މިނިސްޓަރު ކަމުގައި ހުންނެވި އަދި ކުރީން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަން ކުރެއްވި އަހްމަދު މަހްލޫފެވެ. -- އެއީ އެމްޑީޕީގެ ފަރާތުންނެވެ.

މާލޭގެ މޭޔަރު ކަމުގެ ބައި އިލެކްޝަނަކަށް އިލެޝަން ކޮމިޝަނުން ގޮވާލާނީ އަންނަ މަހުގެ 17 އިގެ ފަހުންނެވެ. -- މާލޭ ސިޓީގައި ހިމެނީ މާލެ އާއި ވިލި މާލެ އާއި ހުޅުމާލެ އެވެ.

އެ ބައި އިލެކްޝަނުގައި މާލޭގެ މޭޔަރު ކަމަށް ސައިފް ވާދަކޮށް ދެއްވުމަށް އެދި ޑިމޮކްރެޓުންގެ އާންމު މެންބަރުންނާއި އެ ޕާޓީގެ ސިޔާސީ ހަރަކާތްތައް ރާވާ ހިންގާ އެކްޓިވިސްޓުންނާއި ޕާޓީއައް ނިސްބަތްވާ ވައިބާ، ވަޓްސްއެޕް ގްރޫޕްތަކުގައި ދަނީ ކެމްޕޭނެއް ކުރަމުންނެވެ. 

ނަމަވެސް އާންމު ވަރަށް ގިނަ ބައެއް ރުހުން އޮންނަ ސައިފްގެ ފަރާތްޕުޅުން ޝައުގުވެރިކަން މިހާތަނަށް ފާޅު ކުރައްވާފައެއް ނުވެއެވެ. -- ބެލެވޭ ގޮތުގައި މާލޭ މޭޔަރުގެ ބައި އިލެކްޝަން ވެގެން ދާނީ ޕީއެންސީ / ޕީޕއެމާއި އެމްޑީޕީ އަދި ޑިމޮކްރެޓުންގެ ވާދައަކަށެވެ.

މާލޭ ސިޓީގެ މޭޔަރު ކަމުގެ މަގާމު ހުސް ވަނީ އެ މަގާމުގައި މިހާރުވެސް ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ރާއްޖޭގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންފައި ވުމުންނެވެ. 

އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެ މަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ ދިވެހިރާއްޖޭގެ އަށް ވަނަ ރައީސުލްޖުމްހޫރިއްޔާއަށް ވެވަޑައިގަތުމާއެކު މާލޭ މޭޔަރުގެ ގޮނޑި ހުސްވާނެ އެވެ.

ހަމަ އެ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ހުވާ، ހުސައިން މުހައްމަދު ލަތީފު ކުރެއްވުމާއެކު ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ ގޮނޑި ވެސް ހުސް ވާނެ އެވެ. 

ކޮމެންޓް

1
450
ޒުމް
1 year ago

އައެކޮ އަށް ވާނެ. އަހަރުމެންގެ ފުރިހަމަ ތާއީދު އެބައޮތް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.