މޯލްޑިވްސް ބޯޓިން އެވޯޑަށް އަލްޝާލީގެ ނޮމިނޭޝަން ލިސްޓް ދިގު

އަލްޝާލީ މެރިން މޯލްޑިވްސްއަކީ މީގެ ކުރިން މޯލްޑިވްސް ބޯޓިން އެވޯޑުގެ ގިނަ ވަނަތަކެއް ލިބިފައިވެ އެވެ. މި އަހަރުވެސް ގިނަ ވަނަތަކެއް ލިބޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އަލްޝާލީ މެރިންގެ ލޯންޗެއް: މި ލޯންޗް ވަނީ އެވޯޑަށް ނޮމިނޭޓްވެފަ

އަލްޝާލީ މެރިން މޯލްޑިވްސްއަކީ މޯލްޑިވްސް ބޯޓިން އެވޯޑަށް އާ ނަމެއް ނޫނެވެ. އެ ކުންފުނީގެ އެވޯޑު ހަރުގައި ގިނައިން ހުރީ މި ޝަރަފުވެރި އެވޯޑެވެ. 

މި އަހަރު ވެސް މި އެވޯޑު އަލްޝާލީ މެރިން މިވަނީ ނޮމިނޭޓްވެފަ އެވެ. މި އަހަރު ވެސް އަލްޝާލީ މެރިން މޯލްޑިވްސް މޯލްޑިވްސް ބޯޓިން އެވޯޑުގައި ލިސްޓު ދިގެވެ. 

މި އަހަރުގެ އެވޯޑަށް އަލްޝާލީ މޯލްޑިވްސް އިން ނޮމިނޭޓްވެފައިވާ އުޅަނދުތަކުގެ ބައިގައި ހިމެނޭ 10 މީޓަރާއި 15 މީޓަރާ ދެމެދުގެ ކެޓަގަރީއަށް އެ ކުންފުނީގެ ތިން އުޅަނދެއް ނޮމިނޭޓްވެފައިވެ އެވެ. މި ބަޔަކަށް ނޮމިނޭޓްވެފައިވަނީ ކޮސްޓް ކްރާފްޓް 38 ޕްލަސް އާއި އޭއެސް 45 ގެ އިތުރުން އަލްޝާލީ މެޓްރޯ 45 އެވެ. މި ދެ އުޅަނދަކީ ވެސް މިވަގުތު ރާއްޖޭގައި ހުރި ޑިޒައިން އާއި މި ނޫން ގޮތްގޮތުންވެސް އެންމެ ތަފާތު ދެ އުޅަނދެވެ. 

ބޯޓިން އެވޯޑުގެ ނޮމިނޭޝަން

  •  ބެސްޓް ޕްރޮޑަކްޝަން ފައިބަ ވެސަލް 10-5 މީޓަރު - ކެނެރީ 28
  •  ބެސްޓް ޕްރޮޑަކްޝަން ފައިބަ ވެސަލް 15-10 މީޓަރު - ކޮސްޓް ކްރާފްޓް 38
  •  ބެސްޓް ޕްރޮޑަކްޝަން ފައިބަ ވެސަލް 15-10 މީޓަރު - އޭއެސް 45
  •  ބެސްޓް ޕްރޮޑަކްޝަން ފައިބަ ވެސަލް 15-10 މީޓަރު - އަލްޝާލީ މެޓްރޯ 45
  •  ބެސްޓް ޕްރޮޑަކްޝަން ފައިބަ ވެސަލް 45-15 މީޓަރު - އައިލެންޑް ހޮޕާ 50
  •  ބެސްޓް ޕްރޮޑަކްޝަން ފައިބަ ވެސަލް 45-15 މީޓަރު - އަލްޝާލީ މެޓްރޯ 55
  •  ބެސްޓް ޕްރޮޑަކްޝަން ފައިބަ ވެސަލް 45-15 މީޓަރު - އަލްޝާލީ އެކްސްޕްރެސް 55
  •  ބެސްޓް ޑިޒައިން އޮފް ދިއިޔާ / ކުންފުނި - އަލްޝާލީ މެޓްރޯ 55
  •  ބެސްޓް ޑިޒައިން އޮފް ދިއިޔާ / ކުންފުނި - އޭއެސް 45
  •  ބެސްޓް ޑިޒައިން އޮފް ދިއިޔާ / ކުންފުނި - އަލްޝާލީ އެކްސްޕްރެސް 45
  •  މޮސްޓް ޕްރިފާޑް މެރިން ޖެނެރޭޓަރު - ޖިންގް ފެންގް ޕަވާ
  •  ޑޮކްޔާޑް ސްލިޕްވޭ އޮފް ދި އިޔާ
އަލްޝާލީން ބަނދެފައިވާ އުޅަނދުތަކެއް

މި އަހަރުގެ އެވޯޑަށް ނޮމިނޭޓްވެފައިވާ އަލްޝާލީގެ އުޅަނދުތަކުގެ ތެރޭގައި ސަރުކާރުގެ ދަތުރުފަތުރުގެ ނިޒާމުގައި ބޭނުން ކުރަން އެ ކުންފުނިން ބަނދެފައިވާ ލޯންޗްތައްވެސް ހިމެނެ އެވެ. މި ޑިޒައިން ނޮމިނޭޓްވެފައިވަނީ ބެސްޓް ޕްރޮޑަކްޝަން ފައިބަ ވެސަލް 15-10 މީޓަރު ކެޓަރީ އިންނެވެ. އަލްޝާލީ މެޓްރޯ 45 ގެ މި އުޅަނދު ނޮމިނޭޓްވެފައިވާއިރު މި އުޅަނދަށް އެވޯޑެއް ލިބުމުގެ ފުރުސަތު ބޮޑެވެ. 

އެވޯޑަށް ވާދަ ކުރާ އަލްޝާލީ އުޅަނދެއްގެ އެތެރެ

އަލްޝާލީ މެރިންގެ ކުރީގެ ކާމިޔާބީތައް

  •  5-10 މީޓަރުގެ ފައިބަރު އުޅަނދު ފަހަރަށްދޭ ބެސްޓް ފައިބަރު ވެސަލް އެވޯޑް
  •  45-15 މީޓަރުގެ ފައިބަރު އުޅަނދު ފަހަރަށްދޭ ބެސްޓް ފައިބަރު ވެސަލް އެވޯޑު
  •  15-40 މީޓަރުގެ ފައިބަރު އުޅަނދު ފަހަރަށްދޭ ބެސްޓް ފައިބަރު ވެސަލް އެވޯޑް
  •  އެންމެ ފުރިހަމަ ޑޮކްޔާޑުގެ އެވޯޑު
  •  އެންމެ ފުރިހަމަ ޑިޒައިން އުޅަނދުގެ އެވޯޑް
އަލްޝާލީ ޔާޑުގައި އެ ކުންފުނީގެ ޖީއެމް އިސްމާއިލް ޝަރީފު

ބޯޓިން އެވޯޑުގެ މައުލޫމާތު

  •  ކުރިމަތިލުމަށް ހުޅުވި ތާރީޙް - 10 ޖުލައި 2023
  •  ކުރިމަތިލުމަށް ސުންގަޑި - 10 އޯގަސްޓް 2023
  •  އެވޯޑް ދޭން ބާއްވާ ގާލާ ނައިޓް - 2 ޑިސެމްބަރުގަ
އަލްޝާލީ މެރިން - އަލްޝާލީ މެރިން ރާއްޖޭގައި އިންވެސްޓް ކުރީ 2006 ގަ އެވެ. މި ކުންފުނި ރާއްޖޭގައި ހިދުމަތް ފަށާފައި ވަނީ އަލްޝާލީ މެރިން ދުބާއީ އާއި ރާއްޖޭގެ ވަރުފަދަ ކުންފުންޏެއް ކަމަށްވާ ކޯސްޓްލައިން ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާ ވިޔަފާރިއަކުންނެވެ. އެހެންވެ މިއީ މިހާރު ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި ދިވެހި ކުންފުންޏެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.