ޒަރީރަށް ހަމަލާ ދިނުން: ގައްބަރޭ ހިމެނޭހެން ތިން މީހެއްގެ މައްޗަށް ދައުވާ އުފުލައިފި

ގައްބަރޭގެ މައްޗަށް އުފުލާފައި ވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ.

އިބްރާހީމް އަބްދުﷲ (ގައްބަރޭ)

ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރު އަވަހާރަ ކޮށްލަން ހަމަލާދިން ކަމުގެ ތުހުމަތުގައި ތިން މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ. 

ޕްރޮސެކިއުޓަރު ޖެރެނަލްގެ އޮފީހުން ދެންމެ ބުނީ މެއި ފުރަތަމަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ހަބީބީ ކެފޭ ތެރޭ ގައި މެމްބަރު ހަސަން ޒަރީރަށް ނުރައްކާތެރި ހަތިޔާރާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށެވެ. ދައުވާ އުފުލާފައިވަނީ؛

  •  މއ. ނައިޓްވިލާ، އިބްރާހީމް އަބްދުﷲ
  •  ތ. ކިނބިދޫ، ދީފުރަމްގެ، އަހްމަދު އަވްޝަމް
  •   މ. ތާޖް، މުލާއިމް މުހައްމަދު

ގައްބަރޭގެ މައްޗަށް އުފުލާފައި ވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ. އަހްމަދު އަވްޝަމްއާ މުލާއިމް މުހައްމަދުގެ މައްޗަށް އުފުލާފައި ވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

މެންބަރު ޒަރީރަށް ހަމަލާދިން ރޭ، އޭނާ އިންނެވި ހޮޓަލަށް ވަނުމަށް ފަހު، ގައްބަރޭ އެންމެ ފުރަތަމަ ހަމަލާ ދިނީ އަތުންނެވެ. އޭގެ ފަހުން ސިކުނޑިއާ ދިމާވާ ގޮތަށް އޭނާގެ ބޮލުގެ ފުއްކިބައިގައި މަރުތޭލަކުން ޖަހައިގެނެވެ. އެ ހަމަލައަށް ފަހު ޒަރީރުގެ ހަށިގަނޑުގެ އެތަން މިތަނުގައި ތަޅައި އަނިޔާ ކޮށްފައި ނުކުމެގެން ދިޔައީ އެވެ.

ގައްބަރޭއަކީ ޒަރީރު ވެސް ނިސްބަތްވާ އެމްޑީޕީގެ ދާއިރާ ރައީސެކެވެ. އޭނާއަށް ވަނީ މީގެ ކުރިން ވެސް މަރުގެ މައްސަލައެއްގައި ދައުވާ އުފުލާފަ އެވެ. އެ ދައުވާ އޭނާގެ މައްޗަށް ސާބިތެއް ނުވެއެވެ. އެ ދުވަސްވަރު ފުލުހުން ވަނީ އޭނާ ނުރައްކާތެރި ކުށްވެރިންގެ ލިސްޓަކަށް ވެސް ލައިފައެވެ.

މި ފަހުން ގައްބަރޭ ދޫކޮށްލަން މެންބަރު ޒަރީރު ވަނީ ގޮވާލައްވާފައެވެ.   

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.