މާލޭ ސިޓީގެ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަކުރެއްވުމަށް ޔޫތު މިނިސްޓަރު ކަމުގައި މިވަގުތު ހުންނެވި އަހްމަދު މަހްލޫފު ނިންމައިފި އެވެ.
މާލޭ ސިޓީގެ މޭޔަރު މަގާމުގެ ބައި-އިލެކްޝަންގައި ވާދަ ކުރެއްވުމަށް ޔޫތު މިނިސްޓަރު ކަމުގައި މިވަގުތު ހުންނެވި އަހްމަދު މަހްލޫފު ނިންމައިފި އެވެ.
މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާން ނިންމެވުމަށް ފަހު މަހުލޫފް ވަނީ މާލޭ ރައްޔިތުންގެ ތާއީދަށް ވެސް އެދިވަޑައިގެންފަ އެވެ.
"... ވީމާ މާލޭގެ އެންމެހާ ރައްޔިތުން ތާއީދު ކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ." މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް ނިންމައި އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓްގައި މަހުލޫފް ވިދާޅުވި އެވެ.
މޭޔަރުގެ މަގާމުގައި މިހާރު ހުންނެވި ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސުލްޖުމްހޫރިޔާގެ މަގާމަށް އިންތިހާބުވެ ވަޑައިގެންފަ އެވެ. މިއީ ދިވެހި ތާރީހުގައި މާލޭގެ މޭޔަރުކަން ކުރެއްވި ބޭފުޅަކު ރައީސް ކަމަށް ވަޑައިގަތް ފުރަތަމަ ފަހަރެވެ.
އަންނަ މަހުގެ 17 ވަނަ ދުވަހު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުން މާލޭގެ މޭޔަރުގެ މަގާމު ހުސްވާނެ އެވެ. ހަމަ އެ ދުވަހު މަހުލޫފް ވަޒީރު ކަމުގެ މަގާމުން ވެސް ވަކިވެން ދާނެ އެވެ.
މާލޭ މޭޔަރުގެ އިންތިހާބުގެ ބައި އިލެކްޝަނުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅު ކުރެއްވީ މަހުލޫފް އެކަންޏެވެ. އޭނާއަކީ ކުރީ މާލޭގެ ގަލޮޅު ދެކުނު ދާއިރާއިން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ވަޑައިގެންނެވި ބޭފުޅެކެވެ.
ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި އަހުމަދު ނަރީޝް ވެސް ޕީޕީއެމްގެ ޓިކެޓްގައި މި މަގާމަށް ކުރިމަތިލެއްވުން އެކަށީގެން ވެއެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް މުއިއްޒު އިންތިހާބު ކުރީ އެމްޑީޕީގެ ސްޕޯކްސްޕާސަން އަނަސް އަބްދުއްސައްތާރު އާ ވާދަ ކުރެއްވުމަށް ފަހު އެވެ.
ވަރަށް ތާއީދު.
މާލޭގެ ދުވަސް ތި ދިޔައީ ދެން.