ފުލުހުން ބުނީ އެ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ތިން ފިރިހެނުންނެވެ. އެންމެންނަކީ ވެސް ދިވެހީންނެވެ.
ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފަށް ހަމަލާ ދިން މައްސަލާގައި ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން ކުރިއަށް ދަނިކޮށް ޝަރީފް ގައިގައި ތަޅައިގަތީ ގޭންގަކަށް ނިސްބަތްވާ ބައެއް ކަަމަށް ޝަރީފް ވިދާޅުވެއެވެ. އެ މީހުންގެ ފޮޓޯވެސް ޝަރީފް ވަނީ އާންމުކޮށްފައެވެ. ތަޅައިގެންފައި ވަނީ މަރަދޫ ދާއިރާގެ އެމްޑީޕީ އޮފީސް ހުންނަ މެންހަޓަން ބިޒްނަސް ހޮޓަލްގައި ހުންނަވަނިކޮށެވެ.
ޝަރީފުގެ ވައަތު ލޯ ކައިރި ވަނީ ވަރަށް ބޮޑަށް ދުޅަވެފަ އެވެ. އަދި ނޭފަތް ކައިރީ ވަކި އަޅުވައިވާފައިވާ ކަމުގެ ނިޝާން ފެންނަން ހުއްޓެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ތިން ފިރިހެނުންނެވެ. އެންމެންނަކީ ވެސް ދިވެހީންނެވެ.
އެ މީހުންގެ ބަންދަށް މިހާރު ކޯޓުން ވަނީ މުއްދަތު ވެސް ޖަހާފައެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ހިންގާ ކަމަށެވެ.
ޝަރީފަށް ހަމަލާދީފައިވާއިރު، ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ގައިގައި ޖަހާފައިވާ މައްސަލައެއް ވެސް އެ ދުވަހު ފުލުހަށް ވަނީ ރިޕޯޓްކޮށްފަ އެވެ.