ރާއްޖޭގެ އެކި ހިސާބުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުންވަނީ ބުނެފައެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި، ބައެއް ރަށް ރަށަށް އުދަ އެރުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާ ކޮށްފި އެވެ.
މެޓް އޮފީހުން މިއަދު ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ވިލާގަޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފައި ވާއިރު، މެޓުން ވަނީ މިއަދު ހެނދުނު ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓެއް ނެރެފަ އެވެ. އެ އެލާޓް މިއަދު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި، ފ. އަތޮޅާއި ބ. އަތޮޅަށެވެ. އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރެ ވެހޭނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.
މިއަދު ރާއްޖޭގެ އެކި ހިސާބުތަކުގައި ކަނޑުތައް ގަދަ ވާނެ އެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ އިރު ވޭތުވެ ދިޔަ ދެ ދުވަހު ވެސް ރާއްޖޭގެ ކަނޑުތައް ފުދޭވަރަކަށް ގަދަ އެވެ. ނަމަވެސް ކަނޑުމަތީގެ ނުރައްކާތެރި ހާދިސާއެއް ހިނގިކަމެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
ކަނޑު ދަތުރު ފަތުރުރު ކުރުމުގައި ސަމާލުވާން މެޓް އޮފީހުން ވަނީ ނަސޭހަތްތެރިވެފަ އެވެ.