ތިންވަނަ ދައުރަކަށް މިސްރުގެ ރައީސް އަލް ސީސީ ކުރިމަތިލައްވާނެ

އަލް ސީސީގެ ވެރިކަމުގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ވަނީ ހިފަހައްޓާފަ އެވެ. އެ މިނިވަންކަމާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މިސްރުގައި ހިނގާއިރު ސިޔާސީ އިދިކޮޅު ފަރާތްތައް ޖަލަށް ލައި އަރުވާލަ އެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީގެ ކެމްޕޭން ޕޯސްޓަރެއް ޖަހައިގެން އިއްޔެ ވޭނެއް ދުއްވަނީ: ތިންވަނަ ދައުރަކަށް އޭނާ ކުރިމަތިލައްވާނެ

މިސްރުގައި އަންނަ ޑިސެމްބަރު މަހު ބާއްވާން ހަމަޖައްސާފައިވާ އިންތިހާބުގައި ތިން ވަނަ ދައުރަކަށް ވެރިކަމަށް ކުރިމަތިލައްވާނެކަން މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީ ކަށަވަރުކޮށް ދެއްވައިފި އެވެ.

އަލް ސީސީ ކާމިޔާބުވާނެ ކަމަށް ގިނަ ބަޔަކު މިހާރުވެސް ލަފާކުރާ މި އިންތިހާބު ބާއްވަނީ މިސްރަށް އިގްތިސޯދީ ދަތިކަމާއި ތަކެތީ އަގު ބޮޑުވުމާއި ފައިސާގެ އަގު ވަރަށް ބޮޑަށް ދަށްވެ، އަދި އެހެން ކެންޑިޑޭޓުންނަށް ސިޔާސީ އުނދަގޫތަކާއި ބިރު ދެއްކުން ވެސް ކުރިމަތިވެފައިވާ ސިޔާސީ އިދިކޮޅު ފަރާތްތަކުން ބުނާ ދަނޑިވަޅެއްގަ އެވެ.

"ހުވަފެން ފުރިހަމަ ކުރުމަށް އާ ރިޔާސީ ދައުރެއްގައި ވާދަ ކުރަން ނިންމާފައިފިން،" އިއްޔެ ހަވީރު ޓީވީ މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް ކަމުގެ އާ ދައުރަކަށް ވާދަ ކުރައްވާނެކަން އިއުލާން ކުރައްވައި އެލް ސީސީ ވިދާޅުވި އެވެ. "މިސްރުގެ ހުރިހާ ރައްޔިތުންނަށް ގޮވާލަން މި ޑިމޮކްރެޓިކް މަންޒަރުގައި ބައިވެރިވެ، އެމީހުންގެ ގައުމީ އިހުސާސާއެކު ޝަރުތު ހަމަވާ ބޭފުޅަކު އިހުތިޔާރު ކުރުމަށް،" 

މިސްރުގައި އިންތިހާބު އޮންނާނީ ޑިސެމްބަރު މަހުގެ 10 އިން 12 އަށެވެ. ތިން ދުވަހުގެ މުއްދަތަށް ބާއްވާ މި އިންތިހާބުގައި ގާތްގަނޑަކަށް މިސްރުން 65 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައި ވެއެވެ. 

ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ކުރިންސުރެ މަދު ސިޔާސީ ބޭފުޅުންކޮޅެއް އިއުލާން ކުރައްވައިގެން ތިއްބެވި ނަމަވެސް އަސްކަރިއްޔާ އިއްވެ ވެރިކަމުން 2013 ވަނަ އަހަރު ދުރު ކުރި.، ޑރ. މުހައްމަދު މުރުސީގެ ވެރިކަމަށް ފަހު  2014 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ހުންނެވި އަލް ސީސީއަށް ވާދަވަރި ގޮންޖެހުމެއް ސިޔާސީ ގޮތުން ނެތެވެ.  

2014 ވަނަ އަހަރާއި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އެލް ސީސީ ކާމިޔާބު ކުރެއްވި ކަމަށް އިއުލާން ކުރީ 97 ޕަސެންޓް ވޯޓުންނެވެ.

އަލް ސީސީގެ ވެރިކަމުގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ވަނީ ހިފަހައްޓާފަ އެވެ. އެ މިނިވަންކަމާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މަސައްކަތް މިސްރުގައި ހިނގާއިރުއެތައް ސަތޭކަ އެކްޓިވިސްޓުންނާއި ސިޔާސީ އިދިކޮޅު ފަރާތްތައް ޖަލަށް ލައި ނުވަތަ އަރުވާލަން މަޖުބޫރު ކޮށްފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.