އެހެން ވިދާޅުވި ނަމަވެސް އެއްވެސް ތަފުސީލެއް އޭނާ ނުދެއްވަ އެވެ. އަދި ފޯނެއް ވެސް ނުނަންގަވަ އެވެ. އަދި އެކަމާ ބެހޭ ގޮތުން ޕީޕީއެމާއި ޕީއެންސީން ޗެސް ވާހަކަ ދައްކާފައެއް ނެތެވެ.
ވެރިކަމުގެ ނިޒާމް ބަދަލު ކުރަން ފެނޭތޯ ބަލަން ނިޒާމީ ވޯޓަކަށް ދިއުމުގެ ކަންކަމުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ކަންކަން ކުރިއަށް ގެންދާނީ ޕީޕީއެމާއި ޕީއެންސީގެ މަޝްވަރާގެ މަތީން ކަމަށް ޑިމޮކްރެޓްސްގެ ވަގުތީ ޗެއާ ޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
ހަސަން ލަތީފު މިއަދު އެހެން ވިދާޅުވި ނަމަވެސް އެއްވެސް ތަފުސީލެއް އޭނާ ނުދެއްވަ އެވެ. އަދި ފޯނެއް ވެސް ނުނަންގަވަ އެވެ. އަދި އެކަމާ ބެހޭ ގޮތުން ޕީޕީއެމާއި ޕީއެންސީން ޗެސް ވާހަކަ ދައްކާފައެއް ނެތެވެ.
ވެރިކަމުގެ ނިޒާމް ބަރުލަމާނީއަކަށް ފުރޮޅާލަން ނަގަން މަޖިލީހުން ނިންމާފައިވާ ނިޒާމީ ވޯޓުގެ މައްސަލާގައި މިހާރު އެމްޑީޕީން ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެ އެ ޝައުގުވެރިކަން ދޫކޮށްލާފަ އެވެ. އަދި ޕީޕީއެމާއި ޕީއެންސީން ވެސް ކުރިން ބުނެފައި ވަނީ އެ ބަހުސް ނުކުރާނެ ކަމަށެވެ. ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އާއި އެމްޑީއޭ ވެސް ބަރުލަމާނީ ނިޒާމާ ދެކޮޅެވެ.
އެ މައްސަލައަށް މުހިންމު ކަންކަން ތާވަލް،ކޮށްފައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ވެސް މިއަދު މެންބަރުން ހާޒިރު ނުވުމުން ކުރިޔަކަށް ނުގެންދެވުނެވެ.
އިއްޔެ ހަސަން ވިދާޅުވެފައިވާ ގޮތުގައި ނޮވެންބަރު 17، 2023 ގައި އުފެދޭ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ވެސް ޑިމޮކްރެޓްސް އިން ބައިވެރިވާނެ އެވެ. އޭގެ ވެސް އެއްވެސް ތަފްސީލެއް އަދި ނުދެއްވަ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސް އިން ވާދަކޮށް 15،000 ވުރެ ގިނަ ވޯޓް ހޯދި އެވެ. އެހެން ކަމުން ދެވަނަ ބުރުން ކާމިޔާބު ހޯދަން މުއިއްޒާއި ރައީސް ސޯލިހަށް ވެސް ޑިމޮކްރެޓުންގެ ތާއީދު މުހިންމު ވިއެވެ. އެ ތާއީދަށް ދެ ކެންޑިޑޭޓުން ހުށައެޅުއްވުމުން ދެ ކެންޑިޑޭޓުންނަށް ޑިމޮކްރެޓުން ހުށައެޅީ ދެ ޝަރުތެކެވެ. ރައީސް ސޯލިހަށް ހުށައެޅީ ދެވަނަ ބުރުގެ ކުރީން ނިޒާމީ ވޯޓެއް ނެގުމަށެވެ.
މުއިއްޒަށް ހުށައެޅުއްވީ މުއިއްޒުގެ ސަރުކާރެއްގައި ޑިމޮކްރެޓްސް ބައިވެރި ކުރުމަށާއި ސަރުކާރުން ޕަސެންޓެއް ކަނޑައެޅުމަށެވެ. ނަމަވެސް ދެ ކެންޑިޑޭޓުންނާއެކު އެއްވެސް އެއްބަސް ވުމަަކަށް ނާދެވުނެވެ. އެހެން ކަމުން ޑިމޮކްރެޓުން ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ.
އެހެން ކަމުން މުއިއްޒުގެ ސަރުކާރު ގައި ޑިމޮކްރެޓްސް އިން ބައިވެރިވާނެ ކަމަށް ހަސަން ލަތީފް ވިދާޅުވީ ކޮން މަޝްވަރާ އަކަށް ފަހު ކޮން ގޮތަކަށް ނިންމި ނިންމުމަކުން ކަމެއް ސާފެއް ނުވެއެވެ.