"ހަމަޖެހުން ގެއްލުވާލުމުގެ ފުރުސަތު ދީގެން ނުވާނެ"

މުއިއްޒުގެ ކާމިޔާބީ ފާހަގަކުރެއްވުން އޮންނާނީ މާދަމާ ރޭ އާޓިފިޝަލް ބީޗުގަ އެވެ. އެކަމަކު މިރޭ ވެސް ގިނަ ސަޕޯޓަރުން ދަނީ މަގު މައްޗަށް ނުކުމެ އުފާ ފާޅުކުރަމުންނެވެ.

ޑރ. މުހައްމަދު މުއިއްޒު ސަޕޯޓަރުންނާއެކު: ހަމަޖެހުން ނަގާލުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވަނީ ވިދާޅުވެފައި --

ރިޔާސީ އިންތިހާބު ކާމިޔާބު ކާމިޔާބު ކުރެއްވުމުން ބަޔަކު ހަމަޖެހުން ނަގާލަން މަސައްކަތް ކުރާނެ ކަމަށާއި، އެ ބަޔަކަށް އެ ފުރުސަތު ދީގެން ނުވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންތިހާބުގައި ލިބުނު ކާމިޔާބީއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ގައުމަށް ހަމަޖެހުމާއި މިނިވަކަން ގެނެސްދެއްވާނެ ކަމަށެވެ. ރާއްޖޭގެ އިގްތިސޯދު ނަގާ ކޮޅަށް ޖައްސަވާނެ ކަމަށާއި، ކުރިއަށް އޮތީ ރައްޔިތުން އުންމީދު ކުރާ ގޮތަށް ކުރިއަށް ގެންދާނެ ދުވަސްތަކެއް ކަމަށެވެ.

"އަޅުގަނޑުމެން މިރޭ އުފާވޭ. އެކަމަކު މި ހަމަޖެހުން ގެއްލުވާލަން އެއްވެސް ފުރުސަތެއް ދީގެން. ގައުމުގެ ކުރިމަގު ބަނަކުރުމަށް މަސައްކަތް ކުރަން އުޅޭނެ. އެ ފުރުސަތު އެއްވެސް ވަރަކަށް ނުދިނުން އެއީ އަޅުގަނޑުގެ އެދުމެއް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ބަހާއި އަމަލާ ދިމާވާނެ ކަމަށެވެ. އޭނާގެ ސަރުކާރުގައި ގައުމު ހިންގަވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ. އަބަދުވެސް ދަންނަވަމުން ގެންދަވާހެން، ކޮންމެ ދިވެހި ރައްޔިތަކީ އޭނާގެ ކުރިމަތީގައި ހަމަހަމަ މީހެއް ކަމަށެވެ. ކޮންމެ ޕާޓީއަކަށް ނިސްބަތްވާ މީހަކަށް ވިޔަސް، އޭނާގެ ކުރިމަތީގައި އެމީހަކީ ދިވެހި ލޮބުވެތި ރައްޔިތެއް ކަމަށް ވިދާޅުވި އެވެ.

"ކޮންމެ ދިވެހި ރައްޔިތަކީ އަޅުގަނޑުގެ ކުރިމަތީގައި ހަމަހަމަ ރައްޔިތެއް. ކޮންމެ ޕާޓީއެއްގައި ހުއްޓަސް އެއީ އަޅުގަނޑުގެ ކުރިމަތީގައި އެއީ ދިވެހި ލޮބުވެތި ރައްޔިތެއް. އެއްވަރަކަށް ހައްގު ލިބިގެން ވަނީ. އެއްވަރަކަށް ހުރިހާ ކަމެއްގައި ވެސް ހަމަހަމަކަން ލިބިގެންދޭ،" މުއިއްޒު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- މި

މުއިއްޒު ވިދާޅުވީ ރައްޔިތުން ހަވާލުކުރެއްވި ޒިންމާ އަދާކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ. ނޮވެމްބަރު 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ލިބޭ ޓްރާންސިޝަލް ޕީރިއަޑުގައި އެކަން ކުރުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ. ރަސްމީ މަސައްކަތް ފައްޓަވާނީ ހުވާ ކުރެއްވުމަށް ފަހުގައި ކަމަށް ވެސް ވިދާޅުވި އެވެ.

މުއިއްޒުގެ ކާމިޔާބީ ފާހަގަކުރެއްވުން އޮންނާނީ މާދަމާ ރޭ އާޓިފިޝަލް ބީޗުގަ އެވެ. އެކަމަކު މިރޭ ވެސް ގިނަ ސަޕޯޓަރުން ދަނީ މަގު މައްޗަށް ނުކުމެ އުފާ ފާޅުކުރަމުންނެވެ.

މުއިއްޒުގެ ކާމިޔާބީ ފާހަގަކުރެއްވުން އޮންނާނީ މާދަމާ ރޭ އާޓިފިޝަލް ބީޗުގަ އެވެ. އެކަމަކު މިރޭ ވެސް ގިނަ ސަޕޯޓަރުން ދަނީ މަގު މައްޗަށް ނުކުމެ އުފާ ފާޅުކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.