ފަހު ވަގުތު ޑިމޮކްރެޓުންގެ ޕިކަޕު ނެރެ މުއިއްޒަށް ކެމްޕޭން ކޮށްދީފި

ދަ ޑިމޮކްރެޓްސްގެ ރަސްމީ ސްޓޭންޑަކީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމެވެ. ނަމަވެސް އެ ޕާޓީގެ ލީޑާޝިޕްގެ ގިނަ ބޭފުޅުން ވަނީ މުއިއްޒަށް ވޯޓް ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ޑިމޮކްރެޓްސްގެ ޕިކަޕު ނެރެ މުއިއްޒަށް ކެމްޕެއިން ކޮށް ދެނީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓް ނެގުން ވަގުތު ކުޑަތަން ވެފައި ވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ މެންބަރުން ރޭ މާލޭގެ މަގުތަކަށް ނިކުމެ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކެމްޕެއިން ކޮށްދީފި އެވެ.

ޑިމޮކްރެޓްސްގެ މެންބަރުންތަކެއް ރޭ މާލޭގެ މަގުތަކަށް ނިކުމެ މުއިއްޒަށް ކެމްޕެއިން ކޮށްދިނީ ޕިކަޕު ބުރަކާ އެކު އެވެ. މާލޭގެ ބޮޑެތި މަގުތަކުގައި ޕިކަޕު ބުރު ކުރިއަށް ގެންދިޔައީ އެކި ތަންތަނަށް ހުއްޓަމުންނެވެ. ޕިކަޕުގައި ތިބި މީހުން ވަނީ އެ މީހުންގެ ޝުއޫރު ވެސް ފާޅު ކޮށްފަ އެވެ.

އެ މީހުން ވަނީ ހޮނިހިރު ދުވަހު ނިކުމެ އެމްޑީޕީއާ ރައީސް ސޯލިހަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް ބުނެ އަޑުއުފުލާފަ އެވެ. އަދި ޑރ. މުއިއްޒާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފަށް ވޯޓް އަޅާ ފޮށިތައް ފުރާލަން ގޮވާލާފައި ވެއެވެ.

ދަ ޑިމޮކްރެޓްސްގެ ރަސްމީ ސްޓޭންޑަކީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމެވެ. ނަމަވެސް އެ ޕާޓީގެ ލީޑާޝިޕްގެ ގިނަ ބޭފުޅުން ވަނީ މުއިއްޒަށް ވޯޓް ދޭނެ ކަމަށް ވިދާޅުވެފަ އެވެ. ލީޑާޝިޕްގެ އެއްވެސް ބޭފުޅަކު ރައީސް ސޯލިހަށް ތާއީދު ކުރާކަން ހާމަކޮށް ފައެއް ނުވެއެވެ.

ނަމަވެސް އެ ޕާޓީގެ ބައެއް އާންމުން ގެންދަނީ ރައީސް ސޯލިހަށް ތާއީދު ކުރާކަން ހާމަ ކުރަމުންނެވެ. މިހާތަނަށް ބެލެވެނީ ޑިމޮކްރެޓްސްގެ ގިނަ މެންބަރުންގެ ވޯޓް ވެސް ލިބޭނީ މުއިއްޒަށް ކަމަށެވެ. ވަރަށް ގިނަ ރަށްރަށުގައި ތިބި ޑިމޮކްރެޓްސްގެ މެންބަރުންނާއި ސަޕޯޓަރުން ވަނީ މުއިއްޒު އެންޑޯޒް ކޮށްފަ އެވެ. 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބާއި ރަނިންމޭޓް ހުސައިން އަމްރު ވަނީ 15،000 ވުރެ ގިނަ ވޯޓް ހޯއްދަވާފަ އެވެ. އެއީ ވޯޓް ދިން މީހުންގެ ހަ ޕަސެންޓް ވޯޓެވެ. ތިންވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވީ އެ ދެ ބޭފުޅުންނެވެ. ރިޔާސީ އިންތިހާބުން ކާމިޔާބު ހޯދަން ޑިމޮކްރެޓްސް އަށް ވޯޓް ދިން މީހުންގެ ވޯޓް ވަރަށް މުހިންމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.