ރައީސް ސޯލިހު ވިދާޅުވީ އެ މަނިކުފާނާއެކު އިންތިހާބުގެ ފުރަތަމަ ބުރުގައި ތިބި އެމްޑީއޭ އާއި ބައެއް އެހެން ފަރާތްތައް ވެސް ފުރަތަމަ ބުރުގެ ނަތީޖާއިން ކުޑަކޮށް މާޔޫސްވެދާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީއާއެކު ކޯލިޝަން ހަދައި އެކުގައި މަސައްކަތް ކުރި އެމްޑީއޭ އާއި އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ކޯލިޝަން ރޫޅާލައި އެ ޕާޓީ އާއި ސިޔާމްގެ ތާއީދު އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ދެއްވުމުން އެއީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްދު ދެއްވައިފި އެވެ.
"ދިވެހިންގެ ތެރޭގައި ބުނެ އުޅޭ މުހާވަރާ ބަހެއްގައި އޮވޭ 'އަންނަ އެއްޗެހީގެ ތެރޭގައި ދާއެއްޗެހި ހުންނާނޭ' ކޮންމެވެސް ވަރަކަށް އެހެންވީމާ އެކަހަލަ ކަންތައް ދިމާވާނެ، ކަންބޮޑުވެ ވަޑައިނުގެން ކުރިޔަށް ވަޑައިގަންނަވާ،" ރައީސް ސޯލިހު މިއަދު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ އެ މަނިކުފާނާއެކު އިންތިހާބުގެ ފުރަތަމަ ބުރުގައި ތިބި އެމްޑީއޭ އާއި ބައެއް އެހެން ފަރާތްތައް ވެސް ފުރަތަމަ ބުރުގެ ނަތީޖާއިން ކުޑަކޮށް މާޔޫސް ވެދާނެ ކަމަށެވެ.
"އެބޭފުޅުން [އެމްޑީއޭ] އަޅުގަނޑުމެނާ ދުރަށް ޖެހިލީ! ކަންބޮޑުވެ ވަޑައިގަންނަވާނެ ކަމެއް ނެތް އަޅުގަނޑުމެނަށް އެނގޭ އެބޭފުޅުން އަޅުގަނޑުމެނަށް ކުރީ ބުރުގައި ކޮށް ދިން މަސައްކަތް އެކަމަށްޓަކައި އަޅުގަނޑު ޝުކުރު ވެސް އަދާ ކުރަން އެ ބޭފުޅުންނަށް،"
"އަޅުގަނޑު އެ ބޭފުުޅުނަށް ހެޔޮ ރަނގަޅު މުސްތަގުބަލަށް ވެސް އެދެން. އެހެން ނަމަވެސް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ އުންމީދުތައް ވަރަށް އުޖާލާއޭ އަޅުގަނޑު ހިތުން އެބޭފުޅުންގެ އެ ނިންމުން އެއީ ރަނގަޅު ނިންމުމެއް ނޫންކަން ފަހުން ފެނިގެންދާތަން އެ ބޭފުޅުނަނަށް ފެނި ވަޑައިގަންނަވާނެ"