ފުއާދުގެ ޓްވީޓަކާ ގުޅިގެން ސުވާލު އުފައްދައިފި

"އަމިއްލަ ބައި ގޯލަށް ލަނޑު ޖެހުމަކަށްވުރެ ގޯހެއް ނުވާނެ ދެއްތޯ،" އެ ޓާވީޓަށް ރައްދު ދެއްވަމުން ފުއާދު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ދެ ދުވަހަށް ވެފައި ވަނިކޮށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ކުރެއްވި ޓްވީޓްތަކަކާ ގުޅިގެން އިންތިހާބާމެދު ސުވާލު އުފައްދައިފި އެވެ.

ފުއާދު މިއަދު ވަނީ އާންމުގެ ގިނަ ވާހަކަތަކަށް ރައްދު ދެއްވަމުން ގިނަ ޓްވީޓްތަކެއް ކުރައްވާފަ އެވެ. އޭގެ ތެރެއިން އާންމުން އެންމެ ބޮޑަށް ފާޑު ކިޔަމުން ދަނީ ރ. މަޑުއްވަރީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އަޝްރަފް ނުސީދާ ގޮތަކަށް އިންތިހާބާ ގުޅިގެން ކުރި ޓްވީޓަކަށް ފުއާދު ރައްދު ދެއްވުމުންނެވެ.

އަޝްރަފް އުފެއްދި ސުވާލަކީ، "ފުރަތަމަ ހާފުގައި ކުޅުނު ޓީމް ނޫން އަނެއް ޓީމަށް ދެވަނަ ހާފްގައި ކުޅެވޭނެތޯ؟" އެވެ. 

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ކެމްޕޭނުކުރަމުންދާ އަޝްރަފްގެ އެ ސުވާލު އަމާޒު ކޮށްފައި ވަނީ އެމްޑީޕީއަށް ދެވަނަ ބުރު ކާމިޔާބު ކުރެވޭނެތޯ ކަމަށް ބެލެވެ އެވެ. 

"އަމިއްލަ ބައި ގޯލަށް ލަނޑު ޖެހުމަކަށްވުރެ ގޯހެއް ނުވާނެ ދެއްތޯ،" އެ ޓާވީޓަށް ރައްދު ދެއްވަމުން ފުއާދު ވިދާޅުވި އެވެ.

ފުއާދުގެ މި ރައްދާ ގުޅިގެން ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެފަދަ ރައްދުތަކުގެ ސަބަބުން އާންމު ކުރަމުންދާ އިތުބާރު ގެއްލިގެން ދާނެ ކަމަށް މީހަކު ބުނެފައިވެ އެވެ. އެޔަށް ވެސް ފުއާދު ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވެފައި ވަނީ އެއީ ފުޓްބޯޅައާ ގުޅިގެން ވިދާޅުވި ބަސްކޮޅެއް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓު ނެގުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު، އިލެކްޝަން ކޮމިޝަންގެ މެމްބަރުންނާ މެދު މިހާރު ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. އެތަނަށް ސަރުކާރުގެ ނުފޫޒު އޮތްކަމަށް ވާހަކަ ދައްކަމުންދާއިރު ފުއާދަކީ ސަރުކާރާ ދެކޮޅު ބޭފުޅެއް ކަމަށް ވެސް ވާހަކަތައް ދެކެވެ އެވެ.

ކޮމެންޓް

1
450
އަލީ
11 months ago

ބައެއް ހާލަތްތަކުގައި ހަނު ހުރުން ވެސް ޖަވާބަކަށް ފުދޭ.ފު އާދު ހަނު ހުންނެވުން މީގައި އެދެވިގެން ވަނީ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.