އިރާގުގެ ކައިވެނި ހަފުލާއެއްގައި ރޯވެ 113 މީހުން މަރުވެއްޖެ

ބޮޑުވަޒީރު މުހައްމަދު ޝިޔާ އަލް ސުދާނީ ވަނީ އަލިފާނުގެ މި ހާދިސާ ތަހުގީގު ކުރުމަށް އަމުރު ކުރައްވާފަ އެވެ. އަދި މި ކަމާ ގުޅިގެން ހިތާމަ ކުރައްވާކަން ފާޅު ކުރައްވާ ގެއްލުން ލިބުނު ފަރާތަކަށް އެހީވެދޭނެ ކަމަށް ވިދާޅުވެފަ އެވެ.

އަލިފާން ރޯވުމާއެކު ސަލާމާތީ ފަރާތްތަކުން އަވަސް ފިޔަވަޅުތައް އަޅަން ހަރަކާތްތެރި ވަނީ

އިރާގުގެ އުތުރުގައި އޮންނަ ނައިނަވާ ޕްރޮވިންސްގައި ކުރިޔަށް ދިޔަ ކައިވެނި ހަފްލާއެއް ތެރޭ އަލިފާނުގެ ރޯވެ، 113 މީހުން މަރުވެ 150 އަށް ވުރެ ގިނަ މީހުން ފިހި ޒަހަމް ވެއްޖެ އެވެ.

އިރާގުގެ އޮފިޝަލުންނާއި އިމަޖެންސީ ހިދުމަތްތަކުން މިކަން ވަނީ ބައިނަލް އަގުވާމީ މީޑިއާއަށް ކަށަވަރު ކޮށްދީފަ އެެވެ.

ނައިިނަވާގެ ޑެޕިއުޓީ ގަވަރުނަރު ހަސަން އަލް އައްލާގް ވިދާޅުވީ މިހާތަނަށް 113 މީހަކު މަރުވެފައިވާކަން މުޅީން ކަށަވަރުވެފައިވާ ކަމަށެވެ. ހަފުލާގެ ތެރެއިން އަލިފާން ރޯވެފައި ވަނީ އަންގާރަ ދުވަހުގެ ރޭ ގާތްގަނޑަކަށް 10:45 ހާއިރު (ޖީއެމްޓީ 19:45) ކަމަށެވެ.

ނައިނަވާގެ ޕްރޮވިންސް ގަވަރުނަރު ނަޖިމް އަލް ޖުބޫރީ މިއަދު ވިދާޅުވީ އަލިފާނުގެ ހާދިސާގައި އަދި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވެ ދާނެ ކަމަށް ބެލެވޭ ކަމަށެވެ.

"މި ހިތާމަވެރި ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް ލުއިތަކެއް ހޯދައި ދިނުމަށް ކުރެވެން ހުރިހާ މަސައްކަތެއް ކުރެވެމުން އެބަދޭ،" އިރާގުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ސައިފް އަލް ބަދުރު ވިދާޅުވި އެވެ.

އިރާގުގެ ރަސްމީ ނޫސް އެޖެންސީ އައިއެންއޭ އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކައިވެނީގެ ހަފްލާ ކުރިއަށްދިޔައީ ނައިނަވާ ހަމްދާނިއްޔާ ޑިސްޓްރިކްޓްގެ އިވެންޓް ހޯލެއްގަ އެވެ. އެއީ އުތުރުގެ މޫސަލް ސިޓީގެ ބޭރުން ވެރިރަށް ބަޣްދާދުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 400 ކިލޯމީޓަރު ދުރެވެ. 



އިރާގުގެ ސިވިލް ޑިފެންސް އިން ބުނީ ފުރަތަމަ އައި ރިޕޯޓްތަކުން ދައްކާ ގޮތުގައި ހަފުލާގައި އުފާ ފާޅުކުރުމުގެ ތެރޭ އެރުވި ހަވާ އާއި ޖެހީ ފާޓާސްތަކަކި އަލިފާން ރޯވުމުގެ ސަބަބަކަށް ވެދާނެ އެވެ. 

"ފުރަތަމަ އައި މައުލޫމާތުތަކުން ދައްކާ ގޮތުން ކައިވެނީގެ ތެރޭގައި ފަޔާވޯކް ބޭނުން ކޮށްފައި ވާތީ، އޭގެ ސަބަބުން ހޯލުގައި އަލިފާން ރޯވީ ކަމަށް ބެލެވިދާނެ" ސިވިލް ޑިފެންސް އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައިވެ އެވެ.

ބަޣްދާދުން އަލްޖަޒީރާގެ މަހްމޫދު އަބްދުލްވާހިދު ރިޕޯޓް ކޮށްފައިވާ ގޮތުގައި އިރާގުގެ ކައިވެނީގެ ހަފުލާ ތަކުގައި އުފާފާޅުކުރަން ފަޓާސް ޖަހައި ހަވާ އެރުވުމަކީ އާންމު ކަމެކެވެ. މި ކައިވެނި ޕާޓީގައި އަލިފާން ރޯވިއިރު އުފާ ފާޅު ކުރުމުގައި 1،000 އެއްހާ މީހުން ތިއްބެވެ. އަދި އެ އިވެންޓް ހޯލްގައި ބޭނުންކުރި އަލިފާން ރޯވާ ތަކެތީގެ ސަބަބުން ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގީ ކަމަށް ޝައްކު ކުރެވޭ ކަމަށް އޭނާ ރިޕޯޓްކޮށްގައި ވެއެވެ.

ކައިވެނި ހަފްލާ ބޭއްވި އިވެންޓް ހޯލް ސުންނާފަތިވެފައި

އިރާގުގެ ސިވިލް ޑިފެންސް އިން ވެސް ރިޕޯޓް ކޮށްފައިވާ ގޮތުގައި އިވެންޓް ހޯލުގައި ވަރަށް ފަސޭހައިން އަލިފާން ރޯވެދާނެ އަދި ރައްކާތެރިކަމުގެ މިންގަނޑުތަކާ ހިލާފު ޕްރީފެބްރިކޭޓެޑް ޕެނަލްތައް ހުއްޓެވެ.

އަލިފާނުގެ ހާދިސާއަށް ފަހު ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކުއްލި ހާލަތުގައި މަސައްކަތްކުރާ މީހުން ވެއްޓިފައިވާ ފާރުތަކާއި ފުރާޅުތަކާއި ވިއްސައިގެން ގޮސްފައިވާ އިވެންޓް ހޯލުގެ ބައިތައް ފެނެ އެވެ. އަދި ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯ ކްލިޕްތަކުން ފެންނަނީ އިވެންޓް ހޯލްގެ ސީލިންގުން ވެއްޓިފައިވާ ޕެނަލިންގެ އަނދާ ތަނާއި ކައިވެނި ހަފްލާއަށް ދިޔަ މެހެމާނުންތައް މޭޒުތައް މަތީން ފުންމާލައިގެން ސަލާމަތަށް އެދި ދުވަމުންދިޔަ ތަނެވެ.

އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިޔާ އަލް ސުދާނީ ވަނީ އަލިފާނުގެ އެ ހާދިސާ ތަހުގީގު ކުރުމަށް އަމުރު ކުރައްވާފަ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.