އިފުރު އައިލެންޑް ދެވަނަ އެއާޕޯޓް ރިސޯޓް | ސްކައި ޑައިވިންގެ ތަޖުރިބާ

އިފުރު އައިލެންޑުގައި 147 ބީޗް ވިލާ ހިމެނޭހެން ކޮޓަރި ހުރެ އެވެ. މި ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް ސްކައިޑައިވިން ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެ އެވެ.

އިފުރު އެއާޕޯޓުގެ ބީޗް ކޮޓަރިއެއް -- އިފުރު

ރާއްޖޭގެ އެއާޕޯޓެއް ހިންގާ ރަށެއްގައި ފުރަތަމަ ރިސޯޓެއް ހުޅުވީ ކޫއްޑޫގައި ހުޅުވި މާކިއު ކޫއްޑު އެވެ. އޭގެ ފަހުން މި މަހުގެ 23 ވަނަ ދުވަހު މިވަނީ އެއާޕޯޓް ހިންގާ ރަށެއްގައި ހުޅުވި ދެވަނަ ރިސޯޓް ރ. އިފުރު އައިލެންޑް މޯލްޑިވްސް ހުޅުވާފަ އެވެ. 

ގުދުރަތީ ރީތި ކަމުން ފުރިފައިވާ ރ. އިފުރު އެއާޕޯޓް ހިންގާ ރަށުގައި ހުޅުވި މި ރިސޯޓުގެ ހުރިހާ ކޮޓަރިތަކެއް ވެސް ހަދާފައި ވަނީ އިރު އަރާ މަންޒަރު ކޮޓަރީގެ ދޮރު ހުޅުވާލުމުން ފެންނަ ގޮތަކަށެވެ. 

މި ރިސޯޓުގައި ޖުމްލަ 147 ބީޗް ސުއިޓް ހުރެ އެވެ. 

މި ރިސޯޓް ހަދާފައި ވަނީ ޒަމާނީ އިންޓީރިއާގެ ފުރިހަމަ ހުނަރުވެރިކަން ބޭނުން ކޮށްގެންނެވެ. މި ކޮޓަރިތަކުގެ ތެރޭގައި ޓޫރިސްޓުންނަށް ބީޗުގެ ކައިރީގައި ހަދާފައިވާ ސަންސެޓް ބީޗް ސުއިޓެއް ނުވަތަ ސަންސެޓް ބީޗް ވިލާތަކުގެ ސަބަބުން ރިސޯޓު އިތުރަށް ފުރިހަމަ ވެގެން ދެއެވެ. 

މި ވިލާތަކުގެ އިތުރުން ސަންސެޓް ބީޗް ވިލާތަކެއް ޕޫލް ހިމަނައިގެން ހަދާފައި ވުމަކީ އެ ތަނުގައި ޗުއްޓީ ހޭދަ ކުރަން ދާ މެހުމާނުންނަށް އިތުރު ހިތް ފަސޭހަ ކަމެއް ލިބިގެން ދާނެ ކަމެކެވެ. 

އެއާޕޯޓާއެކު ރިސޯޓެއް ތަރައްގީ ކުރި އިފުރު

ސްކައި ޑައިވިން ތަޖުރިބާކޮށްލެވޭނެ

އިފުރު އައިލެންޑް ރިސޯޓް ހިންގަނީ ޕްރައިވެޓް ސަންޗުއަރީ ކުންފުނިންނެވެ. މި ރިސޯޓުގައި ވޯޓާ ސްޕޯޓްސް އާއި ޓެނިސް އެންޑް މަލްޓި ކޯޓާއި 24 ގަޑިއިރު ފިޓްނަސް ސެންޓަރެއް ހިމެނެ އެވެ. މީގެ އިތުރުން އެކި ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓްތަކާއި ކިޑްސް ކްލަބް ފަދަ ގިނަ ވަސީލަތްތައް ފުރިހަމަ ކޮށްފައި ވެއެވެ. މީގެ އިތުރުން މި ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް ސްކައި ޑައިވިން ފަދަ ތަފާތު ކުޅިވަރުތައް ލިބެން ހުރެ އެވެ. 

އިފުރު އެއާޕޯޓް މަޝްރޫއު - އިފުރު އައިލެންޑް ރިސޯޓް ހުޅުވި އިފުރު އެއާޕޯޓު ތަރައްގީ ކޮށްފައި ވަނީ އިފުރު އިންވެސްޓްމަންޓް ކުންފުނިންނެވެ. ޔުނިވާސަލްގެ ހިއްސާ އޮންނަ މި ކުންފުންޏަށް މި ކުންފުންޏަށް ރ. އިފުރު އެއާޕޯޓް އަޅަން ހަވާލު ކޮށްފައި ވަނީ 2011 ވަނަ އަހަރު އެވެ. މި އެއާޕޯޓް ހުޅުވީ 2015 ވަނަ އަހަރު އެވެ. މިއީ 1،200 މީޓަރުގެ ރަންވޭއަކާއެކު އަމިއްލަ ކުންފުންޏަކުން ތަރައްގީކުރި އެއާޕޯޓެކެވެ. މި އެއާޕޯޓާއެކު ތިން ރަށެއް ސަރުކާރުން ދީފައިވެ އެވެ. މިގޮތުން މި ރަށްތަކުގައި މިހާރު ދަނީ ރިސޯޓް ހިންގަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.