ޝަފީއާއަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެކެވެ. އޭނާއަކީ އެމްޑީޕީ އުފެދުނީއްސުރެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ، ރައީސް ނަޝީދުގެ ސިޔާސަތުތައް ޕްރޮމޯޓް ކޮށް ދެއްވުމުގައި އުޅުއްވާ ވަރަށް އިލްމީ ބޭފުޅެކެވެ.
އެމްޑީޕީގައި ކުރީން ވަރުގަދަ އެކްޓިވިސްޓެއްގެ ގޮތު ފެނުނު އަދި ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި އަބަދުވެސް ހުންނަވާ އެކްޓިވިސްޓް ޝަފީއާ ޒުބައިރު އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ކެމްޕޭން ކޮށް ދެއްވަން ފައްޓަވައިފި އެވެ.
ޝަފީއާއަކީ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ ހަރުގޭގެ އިމާރާތް، ހ. ވެޔޮވިލާގެ ވެރިޔާ އެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޭނާގެ ޕާޓީ، ދަ ޑިމޮކްރެޓްސް ދިޔައީ ތިން ވަނަ އަށެވެ. އަދި އެ ޕާޓީން ވަނީ، ދެވަނަ ބުރުގައި އެއްވެސް ކެންޑިޑެޓެއްގެ ފަހަތަށް ޕާޓީ ނާރަން ނިންމާފަ އެވެ. ނަމެސް ޑިމޮކްރެެޓުންގެ ގިނަ މެންބަރުންގެ ތާއީދު ދެމުން ގެންދަނީ އިދިކޮޅު ކެންޑިޑޭޓް މުއިއްޒަށެވެ. އޭގެ ތެރޭގައި ޝަފީއާ ހިމެނި ވަޑައިގަންނަވަ އެވެ.
އެމްޑީޕީން ބައިބައިވެ އެ ޕާޓީން ވަކުވި ފަރާތްތައް އުފެއްދި ދަ ޑިމޮކްރެޓްސްގައި ޝަފީއާއަކީ ވަރަށް ހަރަކާތްތެރި އަދި ވަރަށް ނުފޫޒުގަދަ އޭނާގެ ފަހަތްޕުޅުގައި ބޮޑު ޓީމެއް އޮންނަ މެންބަރެކެވެ. އެ ޕާޓީގައި އިސްވެ އެނާ ގިނަ މަސައްކަތްތަކެއް ކުރައްވަ އެވެ. އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓް ނަގާއިރު ޝަފީއާ ވަނީ މުއިއްޒުގެ ކެމްޕޭން މަސައްކަތުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.
ހުކުމް އިއްވި މީހުންގެ ތެރޭ އެންމެ މީހަކު ފިޔަވައި ދެން ތިބީ މުޅިން ވެސް އަންހެނުންނެވެ. އޭގެ ތެރޭގައި ޝަފީއާ ހިމެނި ވަޑައިގަންނަވަ އެވެ. އެ މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ އެއްވެ އުޅުމުގެ ގާނޫނާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ހ. ގެ ދަށުންނެވެ.
ބޮޑުމަންޒަރު އެބަ ފެނޭ. ފިންގާސް ކުރޮސްޑް. 30 ސެޕެޓެމްބަރ އަށް މިމަޑުކުރަނީ