ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސް

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފައިވާއިރު، މެޓުން ވަނީ ހެނދުނު ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފަ އެވެ. މި އެލާޓް މިއަދު ނެރެފައި ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށެވެ.

ވިއްސާރަ ދުވަހެއް: ކުރިއަށް އޮތީ ވިއްސާރަ 24 ގަޑިއިރު -- މި

ކުރިއަށް އިތް 24 ގަޑިއިރަށް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހިދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިއަދު ވައި ޖެހޭނީ ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގަ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ. ކަނޑު އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ. ރާޅު ހުންނާނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގެ އުސްމިނެއްގަ އެވެ.

"... ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީވެ މޫސުމަށް ސަމާލުވެލެއްވުން އެދެން،" މެޓް އޮފީހުން ބުންޏެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފައިވާއިރު، މެޓުން ވަނީ ހެނދުނު ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފަ އެވެ. މި އެލާޓް މިއަދު ނެރެފައި ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށެވެ. އެ ސަރަހައްދުގައި ގުގުރުމާއެކު ބޯކޮށް ވާރެ ވެހޭނެ ކަމަށް ލަފާ ކޮށްފައި ވެއެވެ. ހއ. އަތޮޅަށް ރޭ ވެސް ވަނީ އެލާޓް ނެރެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.