މިފަދަ މި މަސައިލް ސިސްޓަމްތައް ޔުކްރޭނަށް ލިބުމުން ލަސްކަރުތަކުގެ މަގަތު ސަފުން ނެއްޓި ތިބެގެން ވެސް ބޭނުންވާ ރަޝިޔާގެ އަމާޒުތަކަށް ކިއެވްއިން ހަމަލާތައް ދެވޭނެ އެވެ.
ޔޫކްރޭނުން ރަޝިއާ ދޭ ރައްދު ހަމަލާތައް ވަރުގަދަ ކުރަން އެހީތެރި ވެދޭން ޔޫކްރޭނަށް އެމެރިކާގެ އެންމެ ޒަމާނީ ދުރު ރާސްތާ މިސައިލްތައް ޔުކްރޭނަށް ފޯރު ކޮށްދޭން އެމެރިކާގެ ރައީސް ޖޯ ބައިޑަން ނިންމަަވައިފި އެވެ.
މި ނިންމުމުގެ ހަގީގަތް ރަނގަޅަށް ދެނެ ތިއްބެވި އެމެރިކާގެ އޮފިޝަލުންނާ ހަވާލާ ދެއްވާ އެމެރިކާގެ މިޑިއާތައް ބުނެފައި ވަނީ ޔޫކްރޭނަށް ދޭން ނިންމާފައި ވަނީ 190 މޭލު (300 ކިލޯމީޓަރު) ގެ ދުރު ރާސްތާއަކަށް ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާ ބައެއް އާމީ ޓެކްޓިކަލް މިސައިލް ސިސްޓަމް (އޭޓީއޭސީއެމްއެސް) މިސައިލްތައް ކަމަށެވެ. މިއީ ވަރަށް ބާރު ގަދަ، އަދި ހަމަލާތައް އެހައި އެކިއުރޭޓް މިސައިލްތަކެކެވެ.
މިފަދަ މި މަސައިލް ސިސްޓަމްތައް ޔުކްރޭނަށް ލިބުމުން ލަސްކަރުތަކުގެ މަގަތު ސަފުން ނެއްޓި ތިބެގެން ވެސް ބޭނުންވާ ރަޝިޔާގެ އަމާޒުތަކަށް ކިއެވްއިން ރަނގަޅަށް ރައްދު ހަމަލާތައް ދެވޭނެ އެވެ.
އިއްޔެ ޔުކްރޭނުން ވަނީ ކަޅުކަނޑުގައި އޮތް ރަޝިޔާގެ ފްލީޓްގެ މައި މަރުކަޒަށް މި ސައިލް ހަމަލާއެއް ދީފަ އެވެ. ޔޫކްރޭންގެ އަސްކަރީ މަސްދަރުތަކުން ބުނެފައިވާ ގޮތުންނަމަ ސެވަސްޓޮޕޯލް ބަނދަރަށް ހަމަލާ ދީފައި ވަނީ އިނގިރޭސިވިލާތާއި ފްރާންސުން ފޯރުކޮށްދޭ ސްޓޯމް ޝެޑޯ މިސައިލް ބޭނުން ކޮށްގެނެވެ. އެފަދަ މިސައިލްތަކުގެ ގާބިލު ރާސްތާއަކީ 150 މޭލެވެ. އެއާ ހިލާފަށް އެމެރިކާއިން ދޭ މިސައިލްތަކުގެ ހަމަލާރައް މާ ފުރިހަމައަށް ދެވޭނެ އެވެ.
ނަން ހާމަ ނުކުރާ އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެންބީސީ ނިއުސް އާއި ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފައި ވަނީ ރައީސް ބައިޑަން ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ އަރިހުގައި އޭޓީއޭސީއެމްއެސް ކޮންމެވެސް މިންވަރަކަށް ދެވިދާނެ ކަމަށް ދަންނަވާފައިވާ ކަމަށެވެ.
އެ ދެ ލީޑަރުން މިދިޔަ ބުރާސްފަތި ދުވަހު ވައިޓް ހައުސްގައި ބައްދަލު ކުރައްވާފައި ވެއެވެ.
ވޯލް ސްޓްރީޓް ޖާނަލް އިން ބުނާ ގޮތުންނަމަ ދުރު ރާސްތާގެ ޒަމާނީ މިސައިލްތައް ކުރިއަށް އޮތް ހަފްތާތަކުގައި ޔުކްރޭނަށް ފޯރުކޮށް ދޭނެ އެވެ. މީގެ އިތުރުން ވޮޝިންޓަން ޕޯސްޓުން ބުނީ ޔޫކްރޭނަށް އޭޓީއޭސީއެމްއެސް މިސައިލް ސިސްޓަމް ދެނީ އެންމެ ވޯހެޑެއްގެ ބަދަލުގައި ހަތިޔާރު ޖަމާ ކޮށްފައިވާ ކްލަސްޓާ ބޮމްބްލެޓްތަކެއްގެ ގޮތުގަ އެވެ.
މި ގޮތަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތައް އޮތް ނަމަވެސް އެމެރިކާ އާއި ޔޫކްރޭނުން ވެސް ރަސްމީކޮށް މިއީން ކަމެއް ކަށަވަރު ކޮށްދޭން އެއްވެސް ވާހަކައެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ބައިޑަން އާއި ޒެލެންސްކީގެ މަޝްވަރާތަކަށް ފަހު ވޮޝިންޓަނުން ވަނީ ޔޫކްރޭނަށް އަސްކަރީ އެހީގެ ގޮތުގައި 325 މިލިއަން ޑޮލަރުގެ އެހީ، އާޓިލަރީ އާއި ވަޒަން ހިމެނޭ ގޮތަށް ދޭން އިއުލާންކޮށްފަ އެވެ. އެމެރިކާގެ އެބްރަމްސް ޓޭންކްތައް ވެސް އަންނަ ހަފްތާގައި ކިއެވްއަށް ގެންދާނެ އެވެ. އެހެނެއްކަމަކު އޭޓީއޭސީއެމްއެސްގެ އާ ބެހޭ ގޮތުން ދެ ރައީސްގެ ބަހެއް އަދި ހާމައެއް ނުވެ އެވެ.