"ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވޭ. ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ދަންނަވަން،" މެޓް އޮފީހުން ބުންޏެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ރަށްރަށަށް މިއަދު އުދަ އަރާފާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ.
މެޓް އޮފީހުން މިއަދު ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ.
މިއަދު ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގަ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ. ކަނޑު އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ. ރާޅު ހުންނާނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގެ އުސްމިނެއްގަ އެވެ.
"... ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވޭ. ހުރިހައި ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް ދަންނަވަން،" މެޓް އޮފީހުން ބުންޏެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފައިވާއިރު، މެޓުން ވަނީ ހެނދުނު ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފަ އެވެ. މި އެލާޓް މިއަދު ނެރެފައި ވަނީ މ. އަތޮޅުން ފެށިގެން ލ. އަތޮޅަށެވެ. އެ ސަރަހައްދުގައި ގުގުރުމާއެކު ބޯކޮށް ވާރެ ވެހޭނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.