"ރައީސް އިބްރާހިމް މުހަައްމަދު ސޯލިހްގެ މި ސަރުކާރު އިދިކޮޅުގައި އޮންނަން ޖެހިއްޖެ ހާލަތެެއްގައި އަޅުގަނޑު ކަހަލަ މީހަކު އޮޕޮޒިޝަންގައި ނެތިއްޔާ އިންޑިއާ ސިފައިންގެ ވާހަކަ ދައްކާނެ އެއްވެސް މީހަކު އޮޕޮޒިޝަންގައި ނުހުންނާނެ،"
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ވަކީން ތާއީދު ނުކުރައްވާ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލަން އިދިކޮޅުގައި ހުންނަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ މިރޭ ނިންމަވައިފި އެވެ. އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އުމަރުގެ "ނިއު ޑިރެކްޝަން" ޓީމުން ނިންމާ ނިންމުން ހާމަކުރުމަށް ކެމްޕޭން ސްޓޫޑިއޯ ގައި އޮތް ލައިވް އިވެންޓެއްގައި އުމަރު ވިދާޅުވީ ރާއްޖެއަށް އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުން ކަމަށެވެ.
އެހެން ކަމުން އެ މައްސަލަ ހަމަޖެއްސެން ދެން އެ ވާހަކަ ދައްކާނެ ބަޔަކު ތިބެން ޖެހޭ ކަމަށެވެ. އެހެން ކަމުން ސަރުކާރަށް ވަދެ ހަނުހުރުމުގެ ބަދަލުގައި އޭނާގެ ނިންމުމަކީ ސަރުކާރާ ނުގުޅި އިންޑިއާ ސިފައިންގެ މައްސަލާގައި އަޑުއުފުލަން އިދިކޮޅުގައި ހުންނެވުން ކަމަށެވެ.
"ރައީސް އިބްރާހިމް މުހަައްމަދު ސޯލިހްގެ މި ސަރުކާރު އިދިކޮޅުގައި އޮންނަން ޖެހިއްޖެ ހާލަތެެއްގައި އަޅުގަނޑު ކަހަލަ މީހަކު އޮޕޮޒިޝަންގައި ނެތިއްޔާ އިންޑިއާ ސިފައިންގެ ވާހަކަ ދައްކާނެ އެއްވެސް މީހަކު އޮޕޮޒިޝަންގައި ނުހުންނާނެ،" އުމަރު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ގައި އުމަރު ވަނީ ހައިރާން ކުރަނިވި ނަތީޖާ އެއް ހޯއްދަވާ އިންތިހާބުގެ ހަތަރުވަނަ ހޯއްދަވާފައެވެ. އުމަރު ވަނީ ހަ ހާހަށް ވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ. އެއީ ސިޔާސީ މައިދާނުގައި އަޑުގަދަ ބައެއް ބޭފުޅުން މި ފަހަރު ހޯއްދެވި ނަތީޖާތަކަށް ވުރެ ރަނގަޅު ނަތީޖާއެކެވެ.
ސިޔާސީ މަަސައްކަތް ފެއްޓެވީއްސުރެ އުމަރަކީ އޭނާ ގަބޫލު ކުރައްވާ ގޮތެއްގައި ސާބިތުވެ ހުންނެވި ބޭފުޅެކެވެ. އޭނާ މިހާރުވެސް ދައްކަވަނީ / ވަކާލާތު ކުރައްވަނީ 2008 ވަަނަ އަހަރުގެ ކުރީން ސިޔާސީ މަސައްކަތަށް ނިކުންނެވިއިރު ވެސް ދެއްކެވި ވާހަކަތަކެވެ.