ސިނަމާލެ ބްރިޖަށް ހަތަރެއް ؛ ތިލަމާލެ ބްރިޖަށް އިންތިޒާރެއް

ޗައިނާގެ ހިލޭ އެހީ އާއި ލޯނު ހިމެނޭ ގޮތަށް އެޅި ސިނަމާލެ ބްރިޖް ހުޅުވިތާ މިއަދު ވަނީ ހަތަރު އަހަރުވެފައެވެ. އެ ބްރިޖްގެ ސަބަބުން ދިވެހިންގެ ހަޔާތަށް ބޮޑު ބަދަލެއް ގެނުވާފައިވާއިރު އެފަދަ ދެވަން ބްރިޖެއް އިންޑިއާގެ ހިލޭ އެހީ އާއި ލޯނު ފައިސާގައި އަޅަން މިހާރު ވަނީ މަސައްކަތް ފަށާފަ އެވެ.

ސިނާމާލެ ބްރިޖްގެ މައި ދޮރާށި

ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ލޯނު ހިމަނައިގެން އެޅި ސިނަމާލެ ބްރިޖު އެޅިތާ މިއަދަށް ވަނީ ހަތަރު އަހަރުވެފަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ކުރީ ކޮޅު ފަށައި ހުއްޓުމެއް ނެތި 24 ގަޑިއިރު މަސައްކަތް ކޮށްގެން އެ މަސައްކަތް ނިމިފައި ވަނީ ތިން އަހަރުންނެވެ. ދުރުން ފެންނައިރު ބްރިޖަށް އަރަން އޮންނަ މައި ދޮރާށިން މިސްކިތެއްގެ މުންނާރު ސިފަވާ ގޮތަށް އިސްލާމީ ސިފަތައް ރަމްޒު ކޮށްދޭ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ނުވަތަ "ސިނަމާލެ ބްރިޖު" ގެ މަަސައްކަތް ކޮށްފައި ވަނީ ޗައިނާގެ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިންނެވެ.

މި މަސައްކަތް ކުރި ތިން އަހަރު ރާއްޖޭގެ ބާޒާރުން 70 މިލިއަން ޑޮލަރު (ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ) ގެ ތަކެތި ގަތެވެ.
މި މަސައްކަތުގައި ރާއްޖޭގެ ބާޒާރުން ގިނަ އަދަދެއްގެ ތަކެތި ގަނެ ރާއްޖެއަށް އެއިން ބޮޑު މަންފާއެއް ކުރި އެވެ. އެގޮތުން ފެނަށް އެކަނި ބެލިނަމަވެސް 13 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 199 މިލިއަން ރުފިޔާ) ގެ ފެން ގަނެފައިވެ އެވެ.

ސިނަމާލ ބްރިޖުގެ މަސަކަތް ވެގެން ގޮސްފައި ވަނީ ހާމަކަން ބޮޑުކޮށް، މަސައްކަތުގެ ކޮންމެ މަރުހަލާއެއް އާއްމުންނާ ހަމައަށް ގެނެސްދެމުން ދިޔަ މަސައްކަތަކަށެވެ. ބްރިޖުގެ މަސައްކަތް ކުރި ދުވަސްވަރު ރާއްޖޭގެ ކޮލެޖު އަދި ގައުމީ ޔުނިވާސިޓީގެ ދަރިވަރުން ގެންގޮސް މައުލޫމާތުތައް ދެމުން ގެންދިޔަ އެވެ. މަސައްކަތުގެ ކޮންމެ ސްޓެޕެއް، މީޑިއާތަކަށް ސަރުކާރުން ކިޔައިދެމުން ގެންދިޔަ އެވެ. ބްރިޖުގެ ބިޑިން ޕްރޮސެސް ދިޔަ ގޮތްވެސް ސަރުކާރުން ހާމަކޮށް ބުނެދެމުން ދިޔަ އެވެ.

ބްރިޖުގެ މަސައްކަތް ކުރަން ތިން ކުންފުންޏެއް ޝޯޓްލިޓް ކުރި އެވެ. ޝޯޓްލިސްޓް ކުރި ކުންފުނި ތަކަކީ ޝިޒްއާން ރޯޑްސް އެންޑް ކޮންސްޓްރަކްޝަން ޗައިނާ ރޭލްވޭ މެނޭޖާ ކޮންސްޓްރަކްޝަން ޗައިނާ ސީސީސީ ކުންފުންޏެވެ.

މި ބިޑްތައް އިވެލުއޭޓް ކޮށްފައިވަނީ މުޅި ޗައިނާ އިން 600 އެކްސްޕާޓުންގެ ތެރެއިން ހޮވާލައި 11 އެކްސްޕާޓުންގެ ޓީމަކުންނެވެ. ޕްރޮޖެކްޓްގެ އެންމެ އުނދަގޫ މަސައްކަތް ކުރުމަށް ކުންފުނި ތަކުން ހުށަހެޅި "ކޮމްޕްރެހެންސިވް މެތަޑް" ސްޓޭޓްމަންޓަށެވެ. އެއިން ފާސްވާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުޑަ އަގު ހުށަހެޅި ކުންފުންޏަށް ބްރިޖު އަޅަން ހަވާލު ކުރި އެވެ.

ސިނަމާލެ ބްރިޖު އަޅަމުން ދިޔަ ގޮތުގެ ތާވަލް

  •  ކުންފުނިތައް ހޮވީ: 11 އެކްސްޕާޓުންގެ ޓީމަކުން
  •  މި ކުންފުނިތަކުގެ ބިޑް ހުޅުވުން: 10، ނޮވެމްބަރު 2015
  •  ސީސީސީއަށް މަސައްކަތް ހަވާލުކުރީ: 15، ޑިސެމްބަރު 2015
  •  ބްރިޖު އަޅާ ސާމާނު ގެނައީ: 15، ފެބްރުއަރީ 2016
  •  ބްރިޖުގެ ފުރަތަމަ ތަނބު ޖެހީ: 12، ޖުލައި 2016
  •  ބްރިޖު ހުޅުވީ: 30 އޮގަސްޓް 2018

ބްރިޖަށް ހަތަރު އަހަރު ފުރުމާ ގުޅިގެން ޗައިނާ ސަފީރު ވެންގް ލިޒިން ޓުވިޓާގައި އާއްމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ބްރިޖުގެ ސަބަބުން ރާއްޖެއަށް ގިނަ ފައިދާތަކެއް ކޮށްފައިވާ ކަމަށެވެ.

ސިނަމާލެ ބްރިޖުގެ ހަރަދާއި ސާމާނު

  •  ޖުމްލަ އަގު: 198 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ)
  •  މި ޕްރޮޖެކްޓުގެ ޖުމްލަ އަގަކީ 198 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ)
  •  113 މިލިއަން ޑޮލަރު ( 57 ޕަސެންޓް) ޗައިނާގެ ހިލޭ އެހީ
  •  67 މިލިއަން ޑޮލަރު ލޯނު ( ދެ ޕަސެންޓުގެ އިންޓަރެސްޓުގައި ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 15 އަހަރުން ދައްކާ ގޮތަށް) ސަރުކާރުގެ ހަރަދު: 18 މިލިއަން ޑޮލަރު
  •  ޗައިނާގެ 2000 އަށް ވުރެ ގިނަ މީހުން
  •  ޗައިނާގައި 100 މީހުންގެ މަސައްކަތް ކުރި
  •   ބްރިޖު އަޅަން 153،000 ކިއުބިކް މީޓަރުގެ ކޮންކްރީޓް
  •   82،000 މެޓްރިކް ޓަނުގެ ސްޓީލް
  •  މި މަސައްކަތަށް 8500 ޓަނުގެ ސާމާނު ގެނައި
  •  ފުރަތަމަ ތަނބު ޖެހީ 12، ޖުލައި 2016 ގައި

މި ބްރިޖުގެ ދިގު މިނުގައި ދެ ކިލޯ މީޓަރު ފުޅާމިނުގައި 20.3 މީޓަރު ހުރެ އެވެ. ބްރިޖާއެކު ހަތަރު އަހަރު ނުވަތަ 1461 ދުވަސް ދިވެހިން ހޭދަކުރިއިރު މި ބިނާވެފައި ވަނީ ރާއްޖޭގައި މިހާތަނަށް އެޅި އެންމެ ގިނަ މީހުންނަށް މަންފާކުރި ބިނާއަށެވެ. ބްރިޖުގެ ސަބަބުން ތިން ރަށެއް ގުޅިގެން ގޮސްފައިވާއިރު ތިން ރަށުން "މެޓްރޮޕޮލިޓަން ސިޓީ" އެެއްގެ ސިފަ ފެންނަން ފެށި އެވެ.

ރާއްޖެ ތިލަމާލެ ބުރިޖްގެ އިންތިޒާރުގައި

މިއަދު ސިނަމާލެ ބްރިޖަށް ހަތަރު އަހަރުވި އިރު މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ގުޅާލާ ގްރޭޓާ މާލެ ބްރިޖު ޕްރޮޖެކްޓްގެ ތިލަމާލެ ބްރިޖްގެ ބިންގާ އެޅުން އިންޑިއާގެ ވެރިރަށް ނިއުދިއްލާގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަހުގެ ކުރީކޮޅު ވަނީ އަޅާފަ އެވެ.

ތިލަމާލެ ބްރިޖްގެ ބައެއް ނަމްބަރުތައް

  •  ބްރިޖްގެ ޖުމްލަ އަގު: 500 މިލިއަން ޑޮލަރު
  •  އިންޑިއާގެ ހިލޭ އެހީ: 100 މިލިއަން ޑޮލަރު
  •  އިންޑިއާގެ ލޯނު: 400 މިލިއަން ޑޮލަރު / ހަމަޖައްސައިދެނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިނުން
  •  ބްރިޖް: 6.7 ކިލޯމީޓަރުގެ ކޯޒްވޭއަކުން ހަތަރު ރަށް ގުޅާލާނެ

ތިލަމާލެ ބްރިޖްގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އިންޑިއާގެ ޓާޓާ ކުންފުންޏާ ގުޅުން އޮންނަ އެފްކޮންސް އާއެވެ. އެ ކުންފުނިން ބްރިޖު އަޅާ ސަރަހައްދުގެ ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތް ކުރާއިރު އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ސާވޭ ނިންމާނެ އެވެ. އެފްކޮންސްއާ މަޝްރޫއު ހަވާލުކުރީ އޯގަސްޓް 26، 2021 ގައެވެ. ބްރިޖަށް ހަރަދުކުރަނީ އިންޑިއާ އެގްޒިމް ބޭންކު މެދުވެރިކޮށް ހަމަޖައްސާފައިވާ 400 މިލިއަން ޑޮލަރުގެ ކްރެޑިޓްލައިން ލޯނުންނާއި އިންޑިއާއިން ހިލޭ 100 މިލިއަން ޑޮލަރު، 500 މިލިއަން ޑޮލަރު ހޭދަކޮށްގެނެވެ. އެއީ ގާތްގަނޑަކަށް 7.7 ބިލިޔަން ދިވެހި ރުފިޔާ އެވެ،

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.