ސްޓެލްކޯއިން ބުނީ މިފަދަ އެއްބަސްވުންތަށް ހެދިގެން ދަނީ އެ ކުންފުނީގެ ހިންގުން ހަރުދަނާވެ ކަރަންޓުގެ އިތުބާރު ބޮޑުވުމުންނެވެ.
މާލެ އާއި ރާއްޖޭގެ ބައެއް ރަށަށަށް ކަރަންޓުގެ ހިދުމަތް ފޯރު ކޮށްދެމުން ގެންދާ ސްޓެލްކޯގެ ކަރަންޓު ފެން ކުންފުނީގެ ހިދުމަތުގައި ބޭނުން ކުރަން ސޮއި ކޮށްފި އެވެ.
މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. އަދި ފެން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެމްޑީ ހަސަން ޝާހް އެވެ.
މި އެއްބަސްވުމާ ބެހޭ ގޮތުން ސްޓެލްކޯއިން ބުނީ މިފަދަ އެއްބަސްވުންތަކުގައި ސޮއި ކުރެވެނީ އެ ކުންފުނީގެ މެނޭޖްމަންޓުގެ ހަރުދަނާ ސިޔާސަތުތަކާއި ކެނޑިނޭޅި މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީއްޖާއެއްގެ ސަބަބުންނެވެ.
މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެ ކުންފުނީގެ ގްރިޑް ސްޓެބިލިޓީ އިތުރުވެ، އަމިއްލަ ޖެނެރޭޓަރު ސެޓް ބޭނުން ކޮށްގެން ކަރަންޓު އުފައްދަމުންގެންދާ ބައެއް ބޮޑެތި ކުންފުނިތަކުން މިހާރު ގްރިޑަށް ބަރޯސާވަމުން އިތުރުވެފައިވާ ކަމަށެވެ.
ސްޓެލްކޯއިން ދާދިފަހުން ވަނީ ހުޅުމާލޭގައި އެންމެ ފުޅާކޮށް މަސައްކަތް ކުރާ އެންސިސް ކުންފުންޏާއެކު ވެސް މިފަދަ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. މި އެއްބަސްވުމާއެކު އެންސިސް ކުންފުނީގެ ފެކްޓްރީތަކުގެ އަމިއްލަ ޖަރޭޓަރު ނިންވާލައި ސްޓެލްކޯގެ ކަރަންޓަށް ވަނީ ބަދަލުކޮށްފަ އެވެ.
ސްޓެލްކޯ އިން ދަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސިނަމާލެ ބްރިޖް) މެދުވެރިކޮށް ހުޅުމާލޭން މާލެއަށް ކަރަންޓު ދެމުންނެވެ. މި ހިދުމަގތް ދޭން ހުޅުމާލޭގައި 100 މެގަވޮޓުގެ އިންޖީނުގެއެއް ވެސް ހަދާފައިވެ އެވެ.