މިއަދުވެސް މެމްބަރުން ހަމައެއް ނުވޭ، ޕާޓީތަކުން އެކަމާ މަޝްވަރާއަށް

ފެންނަ ނުފެންނަ ވޯޓު ނަގަން އިލްޔާސް ހުށަހެޅުއްވި ގަރާރު ފާސްކޮށްފައި ވަނީ މަޖިލީހުގައި އިއްޔެ ތިއްބެވި މެމްބަރުންގެ އިއްތިފާހުންނެވެ. އެއީ 35 މެމްބަރުންގެ ވޯޓުންނެވެ.

ރައްޔިތުން މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު -- މަޖިލިސް

މިއަދުގެ މަޖިލިސް ޖަލްސާ ފެށިއިރު މުޅި މަޖިލީހުގެ ކޮމެޓީ ކުރިއަށް ގެންދަން ބޭނުންވާ ވަރަށް މެމްބަރުން ހަމަ ނުވާތީ ޖަލްސާ މެދުކަނޑާލައިފި އެވެ.

މުޅި މަޖިލީހުގެ ކޮމެޓީ ހިންގަން ނިންމާފައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނަގަން ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ހުށަހަޅާފައިވާ ގަރާރާމެދު ގޮތެއް ނިންމުމަށެވެ. އެ ގަރާރު މަޖިލީހަށާއި މުޅި މަޖިލީހުގެ ކޮމެޓީއަށް ބަލައިގަންނަން އިއްޔެ ވަނީ ނިންމާފަ އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މުޅި މަޖިލީހުގެ ކޮމެޓީ ހިންގަން 29 މެމްބަރުން ތަޅުމުގައި ތިއްބަވަން ޖެހޭނެ ކަމަށެވެ. އެވަގުތު ތިއްބެވީ 18 މެމްބަރުން ކަމަށާއި އަދި 11 މެމްބަރުން ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.

މެމްބަރުން ހަމަވޭތޯ ކުޑައިރުކޮޅަކު މަޑުކޮށްލެއްވުމަށް ފަހު ނަޝީދު ވިދާޅުވީ މިހާރު ސިޔާސީ ޕާޓީތަކުން މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެކަމަކު މަޝްވަރާ ކުރަމުން ދަނީ ގަރާރާ ބެހޭ ގޮތުން ނޫން ކަމަށާއި، މަޝްވަރާ ކުރަމުން ދަނީ މަޖިލީހަށް މެމްބަރުން ވަޑައިގަންނަވާނެތޯ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ހިތުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރާއި، ޕީޕީއެމް ޕީއެންސީގެ ލީޑަރުންނާއި މިދަނީ މަޝްވަރާ ކުރެވެމުން. މަޝްވަރާ ކުރެވެމުން މިދަނީ މަޖިލީހަށް ބޭފުޅުން ވަޑައިގަންނަވާނެތޯ ނުވަތަ ނޫންތޯ، އެކަމާ ގުޅޭ ގޮތުން،" ނަޝީދު ވިދާޅުވި އެވެ.

އަނެއްކާވެސް ކުޑަިއރުކޮޅަކު މަޑުކޮށްލެއްވުމަށްފަހު، ސިޔާސީ ޕާޓީތަކުން މަޝްވަރާ ކުރަން ބޭނުންވާ ކަމަށް ވިދާޅުވެ މިހާރު މަޖިލީސް ވަނީ މެދުކަނޑާލައިފަ އެވެ. ދެން މަޖިލީސް ފައްޓަވާނީ 9:45 ގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.

ފެންނަ ނުފެންނަ ވޯޓު ނަގަން އިލްޔާސް ހުށަހެޅުއްވި ގަރާރު ފާސްކޮށްފައި ވަނީ މަޖިލީހުގައި އިއްޔެ ތިއްބެވި މެމްބަރުންގެ އިއްތިފާހުންނެވެ. އެއީ 35 މެމްބަރުންގެ ވޯޓުންނެވެ.

ކޮމެންޓް

2
450
މިޝާ
11 months ago

ޥެރިކަމާހެދި ބޫތުގެނަފަ ނަޝީދު. ޙުރިހާބާރެއް ބޭނުންވެގެން އުޅެން ހެޔޮނުވާނެ. ޜައްޔިތުން މަޖިލިހުގެ މެމްބަރުންތައް ރަށައްދޭ! ބަރުލަމާނީ ވޯޓް ތަކުރާރުކޮއް ނެގުމުގެ ބޭނުމެއްކޮބައި. ޜައްޔިތުން ބޭނުންނުވާކަމެއްކުރަން މަޖުބޫރުކުރަނީ ! ﷲ އިރާދަފުޅުން ތިޔަބައިގަނޑައް ލިބިފަ ތިވާބާރު ނެތިކުރައްވާށި. އާމީން

ޣިއްސާ
11 months ago

މީ ވަރަށް ޚުދުމުޚްތާރުކޮށް ކުރާ ކަމެއް!! އާދަމް ޝަރީފް އިއްޔެ ހުށަހެޅި ގައުމުން ބައެއް ގެއްލިއްޖެކަމުގެ ޤަރާރަށް ބަހުސް ނުކޮށް، އެއަށް ފަހު ހުށަހެޅި "ތިމާއަށް ވެރިކަން ލިބޭތޯ ބަލާ" ޤަރާރަކަށް ބަހުސްކުރަން މިފެށީ ހަމަ ޚުދުމުޚުތާރުކަމުން ނޫންބާ؟

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.