ގްރީން ފަންޑުން 357 މިލިއަން ރުފިޔާ ނަގައިފި

ދިވެހި ރާއްޖޭގެ ގައުމީ ގްރީން ފަންޑަށް މިދިޔަ މަހު 90 ޖަމާވެފައިވެ އެވެ. އަދި މިދިޔަ މަހު އެ ފަންޑުން 70 މިލިއަން ރުފިޔާ ވަނީ ހަރަދު ވެސް ކޮށްފަ އެވެ.

ރާއްޖެއަށް މިއަހަރު އައި އެއް މިލިޔަން ވަނަ ޓޫރިސްޓް އަންހެން މީހާ އާއި އޭނާގެ ބައިވެރިޔާ -- ފޮޓޯ: އިމިގްރޭޝަން

ގްރީން ޓެކުހުގެ އާމްދަނީ ޖަމާވާ ފަންޑަށް މި އަހަރުގެ ޖުލައިގެ ނިޔަލަށް އެއް ބިލިއަން ރުފިޔާ ޖަމާވިއިރު މި ފަންޑުން 357 މިލިއަން ރުފިޔާ ހަރަދު ކުރަން ނަގައިފި އެވެ. 

ތިމާވެށި ހިމާޔަތް ކުރަން / ކުނީގެ މައްސަލަ ހައްލު ކުރަން ކަމަށް ބުނެ ނަގަން ފެށި ގްރީން ޓެކްސް ޖަމާވާ އެކައުންޓުގެ ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ ޖުލައި މަހު މި ފަންޑަށް 91 މިލިއަން ރުފިޔާ ވަނީ ޖަމާވެފަ އެވެ. އަދި މި އަހަރުގެ މިދިޔަ ޖުލައިގެ ނިޔަލަށް ޖުމްލަ 617,3 މިލިއަން ރުފިޔާ މި ފަންޑަށް ލިބިފައިވެ އެވެ. 

ގްރީން ފަންޑުގެ މި އަހަރުގެ ޖަމާ

  •  ޖެނުއަރީ - 100,7 މިލިއަން
  •  ފެބްރުއަރީ - 91,8 މިލިއަން
  •  މާރިޗު - 105,4 މިލިއަން
  •  އެޕްރީލް - 94,9 މިލިއަން
  •  މެއި - 83 މިލިއަން
  •  ޖޫން - 50,2 މިލިއަން
  •  ޖުލައި - 91 މިލިއަން

މި އަހަރުގެ މިހާތަނަށް ގްރީން ފަންޑުން ޖުމްލަ 357,7 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު މި ފަންޑުން އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ޖެނުއަރީ މަހު އެވެ. އެ މަހު 74 މިލިއަން ރުފިޔާ ހަރަދު ކުރަން ނަގާފައިވެ އެވެ. 

މިދިޔަ ޖުލައި މަހު މި ފަންޑުން 70 މިލިއަން ރުފިޔާ ހަރަދު ކުރަން ނަގާފައިވެ އެވެ. މިދިޔަ މަހު އެންމެ ބޮޑު ހަރަދެއް މި ފަންޑުން ކޮށްފައި ވަނީ ގޮނޑުދޮށް ހިމާޔަތް ކުރުން ފަދަ ކަންކަމަށެވެ. 

ގްރީން ޓެކުސް - ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަ ކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.

ކޮމެންޓް

1
450
ހުސައިން
11 months ago

ދުވާލަކަށް $3 އަދި ދުވާލަކަށް $6 ގެ މިގުން. 5 ދުވަހު ގެސްޓް ހައުސް އެއްގައި ޗުއްޓީ ހޭދަކުރާ ގެސްޓަކު $15 ދޭން ޖެހެއެވެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.