ނިޒާމީ ވޯޓެއް ނަގަންޏާ 40 މިލިއަން ހަރަދުވާނެ: އީސީ

ހަބީބް މިއަދު ވިދާޅުވީ ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދަށް ރިއާޔަތްކުރާއިރު މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އިންތިހާބު ބޭއްވުމަށް ބޭނުންވާނެ ކަމަށެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް --

ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ އެ އިންތިހާބަށް ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދަށް ރިއާޔަތްކުރާއިރު މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް އިންތިހާބު ބޭއްވުމަށް ބޭނުންވާނެ ކަމަށެވެ.

ހަބީބް ވިދާޅުވީ މިފަދަ ވޯޓެއް ނެގުމުގެ މަގްސަދާ މެދު ރައްޔިތުން ހޭލުންތެރިކުރުވައި، ބަރުލަމާނީ ނިޒާމުގެ ގެއްލުމާ ފައިދާ ބުނެދިނުމަކީ އީސީއަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ.

"އެންމެ މުހިންމު ކަމަކީ މިފަދަ ވޯޓެއް ނެގުމުގެ މަގްސަދާމެދު ވޯޓުލާ މީހުން ހޭލުންތެރިކުރުވުން. ވަކި ނިޒާމަކަށް ތާއީދުކޮށް ވޯޓުލުމުގައި އެ ނިޒާމެއްގެ ފައިދާ އާއި ގެއްލުމާމެދު، ވޯޓުލާ މީހުން ހޭލުންތެރިކުރުވުމަކީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ޒިންމާއެއް،" ހަބީބް ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން ދަ ޑިމޮކްރެޓްސް އިން ވަނީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފަ އެވެ. އެ ގަގާރުގައި ހުށަހަޅާފައި ވަނީ ފެންނަ ނުފެންނަ ވޯޓު އަންނަ ނޮވެންބަރު މަހުގެ 30 ވަަނަ ދުވަހުގެ ކުރިން ނެގުމަށެވެ.

އެ ގަރާރުގެ ބަހުސް މަޖިލީހުގައި ކުރަމުންދާއިރު ޑިމޮކްރެޓްސްއަށް ނިސްބަތްވާ މެމްބަރުން ވިދާޅުވަނީ ބަރުލަމާނީ ނިޒާމަށް ރައްޔިތުން ހޭލުންތެރިކުރުވަން ގިނަ މަސައްކަތްތަކެއް ކުރަން ނުޖެހޭނެ ކަމަށެވެ. މިއީ ސޯޝަލް މީޑިއާގެ ޒަމާނެއް ކަމަށާއި ސޯޝަލް މީޑިއާ ކެމްޕޭނުތައް ހިންގައިގެން އެކަން ކުރެވޭނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގޮސްފައިވާ އެމްޑީޕީ އަދި ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް ހުށަހެޅުމުން ވެސް ދަ ޑިމޮކްރެޓްގެ ފަރާތުން ހުށަހެޅީ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ. އެކަމަށް ގޮތެއް ނިންމަން ރޭ އެ ޕާޓީން ވަނީ ވަނީ ބޮޑު ދެ ޕާޓީއަށް 48 ގަޑިއިރުގެ މުއްދަތެއް ވެސް ދީފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.