އާ ގަވައިދު - ޓެކްސީ ގަރާޖު ސިޓީ އުވާލައިފި

އާ ގަވައިދުގައިވާ ގޮތުން ޓެކްސީތަކަށް ގަރާޖު ސިޓީ އުވާލިނަމަވެސް ޕްރައިވެޓް އުޅަނދުތަކަށް ސިޓީ ބޭނުންވާނެ އެވެ.

މާލޭގައި ދުއްވާ ބައެއް ޓެކްސީތައް : ޓެކްސީ ގަރާޖު ސިޓީ ވަނީ އުވާލާފަ -- މިހާރު ނޫހުގެ ފޮޓޯއެއް

ހާއްސަ އެހީއަށް ބޭނުންވާ މީހުން ބޭނުންކުރާ އުޅަނދުތަކާއި ޓެކްސީ ގަރާޖު ސިޓީ ނެތް ނަމަވެސް ރަޖިސްޓްރީ ކުރެވޭ ގޮތް ހަދައި، އަމިއްލަ ފަރާތްތަކަށް ގަރާޖު ސިޓީ ލާޒިމް ކޮށްފި އެވެ. 

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން މިއަދު އާއްމުކުރި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް ހަތަރު އިސްލާހުގައިވާ ގޮތުން އެގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކޮށްދެވޭނ،ީ އެ އުޅަނދެއް ރަޖިސްޓަ ރީ ކުރުމަށް ލިޔުންތައް ހުށަހަޅާއިރު އެ ގަރާޖެއްގައި އެ އުޅަނދު ބޭއްވުމާމެދު އެ ގަރާޖުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއެކު އެ ގަރާޖުގެ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއ،ި އެ އުޅަނދު ބާއްވާ ގަރާޖަކީ ރަޖިސްޓަރީކޮށްފައިވާ ގަރާޖެއްކަން އެނގޭނެ ލިޔުންތައް ހުށަހެޅުމުންނެވެ. 

މި ގަވައިދުގައިވާ ގޮތުން މި މާއްދާގައިވާ ގަރާޖު ސިޓީ ބޭނުން ނުވާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދުއްވުމަށް ހާއްސަ ކޮށްފައިވާ ދެ ފުރޮޅުލީ އުޅަނދާއި ތިން ފުރޮޅުލީ އުޅަނދާއި ހަތަރު ފުރޮޅުލީ އުޅަނދާއ، އާންމު ދަތުރުފަތުރުގައި ޓެކްސީގެ ހިދުމަތް ދިނުމަށް ރަޖިސްޓަރީ ކުރާ އުޅަނދުތައް ނުހިމަނަ އެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި ޓެކްސީތަކުން މިހާރު ގަރާޖުގެ ހުއްދަ ހުށަހަޅަން ނުޖެހުނުނަމަވެސް މިފަދަ އުޅަނދު ރަޖިސްޓަރީ ކުރެވޭނ، ފީގެ ގޮތުގައި 10،000ރ. މިނިސްޓްރީއަށް ދެއްކުމުންނެވެ. މީގެ އިތުރުން ވަގުތީގޮތުން ގެންނަ އުޅަނދު
ރަޖިސްޓަރީ ކޮށްދެވޭނ،ީ ފީގެ ގޮތުގައި 15,000ރ. ދެއްކީމަ އެވެ. 

މި ގަވައިދާއެކު ކުރިން ގަރާޖު ސިޓީ ހޯދަން އެކި ގަރާޖުތަކުން ބޮޑެތި އަދަދުން ފައިސާ ނެގުމަށް ކޮންމެވެސް ލުޔެއް އަންނާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.