"މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތަކަށް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާއި ބެހޭ ގަވާއިދު" ގެ ދަށުން ކޮލަމާފުށި ކައުންސިލާއި ހުރެންދޫ ހަވާލުކޮށްފައި ވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުން ކުރުމަށް ގއ. ހުރެންދޫ އެ އަތޮޅު ކޮލަމާފުށީ ކައުންސިލާ ހަވާލުކޮށްފި އެވެ.
ކޮލަމާފުށިން ފުރައިގެން ފަސް ވަަރަކަށް މިނެޓުން ދެވޭ ހުރެންދޫ ކައުންސިލާ ހަވާލުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެން ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ. ހުރެންދޫ ބެލެހެއްޓުމަށް ކޮލަމާފުށީ ކައުންސިލާ ހަވާލުކުރުމަށް ކޮންޓްރެކްޓުގައި ސޮއިކޮށްފައި އިއްޔެ އެވެ.
ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. ކޮލަމާފުށި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ނައިބު ރައީސް ޝަހާމަތު ހަނީފެވެ.
"މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތަކަށް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާއި ބެހޭ ގަވާއިދު" ގެ ދަށުން ކޮލަމާފުށި ކައުންސިލާއި ހުރެންދޫ ހަވާލުކޮށްފައި ވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.
ޕްލޭނިން މިނިސްޓްރީން ވަނީ މި މަހު ރ. މަޑުއްވަރީ ކައުންސިލަށް ވެސް ފަޅުރަށެއް ދީފަ އެވެ. މަޑުއްވަރީ ކައުންސިލަށް ދީފައި ވަނީ ކުރިން ރިސޯޓެއް ހަދަން ހަމަޖެއްސި އުފުލަންދު އެވެ.
ވޯޓާ ކައިރި ކޮށް އަނެއްކާ ދައުރުގެ މިހާ ހިސާބުން މާ ބޮޑު ކަމެއް ނުކުރުވޭނެ ކަން އެނގި ހުރެ މިކަން ކަން ކުރަނީ. ވަކި މަގުސަދެއްގަ ކުރާ ކަމެއް ކަމަށް މި ވަނީ