މިމަހު ޓޫރިޒަމް ޑެއިލީ އެވްރެޖު 5،000 އަށް އުފުލުމަށްފަހު މިހާރު ވަނީ 3،000 އަށް ވެއްޓިފަ އެވެ. އޮފް ސީޒަން ނިމެންދާއިރު ފެންނަ މި ނަތީޖާއަކީ ނުތަނަވަސް ކަމެކެވެ.
ޓޫރިޒަމް ރަނގަޅުވާ ކަމަށް ފެނުނު ނަމަވެސް ކޮންމެ ދުވަހަކު އަންނަ ޓޫރިސްޓުން ނުވަތަ ޑެއިލީ އެރައިވަލް ވަރަށް ބޮޑަށް ވެއްޓިއްޖެ އެވެ.
މި މަހުގެ 13 އިގެ ނިޔަލަށް ބަލާއިރު ރާއްޖެއަށް އެވްރެޖުކޮށް އައިސްފައި ވަނީ 3,585 އާއި 4،000 އާ ދެމެދުގެ އަދަދެއްގެ ޓޫރިސްޓުންނެވެ. މިއީ ޑެއިލީ އެވަރޭޖް 5،000 ގައި ހުރުމަށް ފަހު ދަށްވި ދަށްވުމެކެވެ.
މީގެ ސަބަބެއްގެ ގޮތުގައި ތަޖުރިބާކާރުން ވިދާޅުވަމުން ދަނީ ރާއްޖެއާ ވާދަވެރި މާކެޓުތައް ހުޅުވައި ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ރާއްޖެއަށް އެވަރަށް މަސައްކަތް ނުކުރެވާއި ރާއްޖޭގެ ޓޫރިޒަމް ޓެކްސް ރޭޓްތަކަށް ގެނައި ބަދަލުގެ އަސަރު ކުރުމެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ބޮޑު ބައެއް ހިއްސާކުރާ ޓްރެވަލް އެޖެންޓުން ތަމްސީލް ކުރާ ޖަމިއްޔާ މަޓާޓޯއިން ވެސް ވަނީ މިކަން ފާހަގަ ކޮށްފަ އެވެ.
މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މިމަހު އައިސްފައި ވަނީ ޖުމްލަ 48,064 ޓޫރިސްޓުންނެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 44,145 މީހުންނާ އަޅާބަލާނަމަ 8.9 ޕަސެންޓުގެ ދަށްވުމެކެވެ.