ފަޒްނާ ވަޑައިގަތުމުން ހިޔާ އަވަށުގައި މުޒާހަރާ، ފަޒްނާގެ ހިތްވަރަށް އެމްޑީޕީ ސަޕޯޓަރުންގެ ތައުރީފު

ފަޒްނާ ވަޑައިގަތުމުން މުޒާހަރާކޮށް އަޑުއުފުލި މީހުން އެފަދަ އިބާރާތްތަކުން ގޮވާ އެކަމަނާއާ ދެކޮޅަށް އަޑު އުފުލާފައެވެ. ނަމަވެސް ފަޒްނާ ވަނީ ގިނަ އެޕާޓްމަންޓަކަށް ވަޑައިގެންފައެވެ.

މެޑަމް ފަޒްނާ އަހްމަދު ހިޔާ އަވަށުގައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިނަށް މެޑަމް ފަޒްނާ އަހްމަދު މިއަދު ހަވީރު ހިޔާ އަވަށަށް ވަޑައިގަތުމުން އެ އަވަށުގައި އެކަމަނާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލައިފި އެވެ.

ހިޔާ އަވަށަކީ ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީ ކުރަން ފަށާފައިވާ އަވަށެވެ. ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ބައެއް މީހުން ދެކޭ ގޮތުގައި މި ސަރުކާރުން ވަނީ އެ މީހުންނަށް އިހުމާލުވެފައެވެ. 

ފަޒްނާ ވަޑައިގަތުމުން މުޒާހަރާކޮށް އަޑުއުފުލި މީހުން އެފަދަ އިބާރާތްތަކުން ގޮވާ އެކަމަނާއާ ދެކޮޅަށް އަޑު އުފުލާފައެވެ. ނަމަވެސް ފަޒްނާ ވަނީ ގިނަ އެޕާޓްމަންޓަކަށް ވަޑައިގެންފައެވެ. ބަޔަކު މުޒާހަރާކޮށް އަޑުއުފުލި ނަމަވެސް އެކަމަނާ ވަނީ ހިިޔާ ސަރަހައްދުން ބައްދަލްވި އާންމުންނާއި ސަލާމް ވެސް ކުރައްވާފައެވެ.

ބައެއް މީހުންގެ ކަންބޮޑުުވުންތަކާއި ޝަކުވާތައް ވެސް އެއްސެވި އެވެ.

މެޑަމް ފަޒްނާ އަހްމަދު ހިޔާ އަވަށުގައި

މުޒާހަރާ ކޮށް އަޑުއުފުލި ބައެއް މީހުން ވަނީ ފުލުހުން ހައްޔަރު ވެސް ކޮށްފައެވެ.

ރައީސަށް ތާއީދު ހޯއްދެވުމަށް ފަޒްނާ ވަނީ މާލޭއާ ވިލިމާލޭގައިވެސް ދޮރުން ދޮރަށް ހިންގަވާފައެވެ. ހުޅުމާލެ ހިޔާ އަވަށުގައި ދޮރަށް ދޮރަށް ހިންގެވިއިރު ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވެސް ހުންނެވި އެވެ. އަދި މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއާ އެމްޑީޕީގެ ސަޕޯޓަރުން ތިއްބެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.