ޑީޖޭއޭ އިން ދަނީ ފެމިލީ ކޯޓް މަރާމާތު ކުރުމުގެ ނަމުގައި މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުހިނގާކަން އެނގިފައިވެއެވެ.
ހެންވޭރުގައި ހުންނަ ފެމިލީ ކޯޓް އިމާރާތުގެ ތެރެއަށް ފެންފައިބާ މުދަލާއި ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ކޯޓް އިމާރާތުގެ ފުރާޅުން ފޭބި ފެނުން މުޅި އިމާރާތުގައި ވަނީ ފެން ބޮޑުވެފައެވެ. ބައެއް މުހިންމު ލިޔެކިޔުންތައް ހިމެނޭހެން ގިނަ ލިޔުންތަކަކަށް ފެން އެޅި ހަލާކުވެފައިވެއެވެ.
މީގެ ކުރީން ވެސް ވިއްސާރަ ވެހުނު ދެ ދުވަހެއްގައި ފެމިލީ ކޯޓްގައި ފެންބޮޑުވެ ލިޔެކިޔުންތަކާއި ގޮޑި މޭޒަށް ވަނީ ގެއްލުން ވެފައެވެ.
ޑީޖޭއޭ އިން ދަނީ ފެމިލީ ކޯޓް މަރާމާތު ކުރުމުގެ ނަމުގައި މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުހިނގާކަން އެނގިފައިވެއެވެ. އެކަން އަވަސް ކޮށް ކޯޓަށް ދިމާވެފައިވާ މި މައްސަލަ ހައްލު ކުރަން ޑީޖޭއޭ އިން އެކަށީގެންވާ މަަސައްކަތްތަކެއް ވެސް ނުކުރެއެވެ.
އަދިވެސް މާލެ ސިޓީއަށް ދަނީ ވާރޭވެހެމުންނެވެ. ފެމިލީ ކޯޓްގެ މުވައްޒިފުން ގެންދަނީ ލިޔެކިޔުންތައް ރައްކާކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.