މިދިއަ އަންގާރަ ދުވަހު ލީޑަރު ކިމް ފެއްޓެވި ދިގު ދަތުރުފުޅުގައި އަސްކަރީ ކަންކަމަށް މަޝްވަރާކޮށް އަސްކަރީ ކަންކަމަށް ވަރަށް ބޮޑަށް އަލިއަޅުވާލާފައިވެ އެވެ.
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ރަޝިޔާއަށް ކުރެއްވި ތާރީހީ ދަތުރުފުޅު ނިންމަވާލައްވާއިރު ސަރަހައްދީ ގަވަރުނަރެއްގެ ފަރާތްޕުޅުން، ހަމަލާ ދީ ތަންތަން ގޮވާލުމަށް ބޭނުން ކުރާ ފަސް ޑްރޯނާއި އަސްކަރީ އޮބްޒަވޭޝަނަށް ހާއްސަ ރިކޮނައިސަންސް ޑްރޯނަކާއި ވަޒަން ނާރާ ޖެކެޓެއް ހަދިޔާއެއްގެ ގޮތުގައި ލީޑަރު ކިމް އަށް އަރުވައިފި އެވެ.
ލީޑަރު ކިމް އިއްުޔެ ވަނީ ރަޝިޔާގެ ޑިފެންސް މިނިސްޓަރު ސަރުގާ ސޮއިގޫއާއެކު ވްލަޑިވޮސްޓޮކްގައި ބައްދަލު ކުރައްވައި، ހައިޕަސޮނިކް މިސައިލް ސިސްޓަމެއް ހިމެނޭ ގޮތަށް އެންމެ ޒަމާނީ ހަތިޔާރުތައް ބައްލަވާލައްވާ ރަޝިޔާގެ އަސްކަރީ ގާބިލިއްޔަތުން އަމިއްލަފުޅަށް ވަޒަން ކުރައްވާފަ އެވެ.
ޓާސ ނިއުސް އެޖެންސީން ބުނީ "ޑީޕީއާރްކޭގެ ލީޑަރަށް ކަމިކާޒޭގެ ފަސް ޑްރޯން އާއި ވަރުގަދަ އުދުހުންތަކާއެކު ބޭނުން ކުރާނެ "ޖެރަން-25" ރިކޮނައިސަންސް ޑްރޯނަކާއި ވަޒަން ނާރާ ޖެކެޓެއް ހަދިޔާ ކޮށްފައިވާ ކަމަށާއި މީގެ އިތުރުން ބުލެޓްޕްރޫފް ޕްރޮޓެކްޝަން ސެޓަކާއި ތަމަލް ކެމެރާތަކަށް ނުފެންނަ ހާއްސަ ހެދުންތަކެއް ވެސް ލީޑަރަށް ހަދިޔާ ކުރި އެވެ.
ރަޝިޔާގެ މީޑިއާތަކުން އާދީއްތަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އުތުރު ކޮރެއާގެ ލީޑަރާއެކު ދަތުރުކުރި ރޭލު ރަޝިޔާއަށް ކުރެއްވި ދަތުރު ނިންމާލީ އާޓިއޮމްގެ ރޭލު ސްޓޭޝަނުންނެވެ.
މިދިއަ އަންގާރަ ދުވަހު ލީޑަރު ކިމް ފެއްޓެވި ދިގު ދަތުރުފުޅުގައި އަސްކަރީ ކަންކަމަށް މަޝްވަރާކޮށް އަސްކަރީ ކަންކަމަށް ވަރަށް ބޮޑަށް އަލިއަޅުވާލާފައިވެ އެވެ.