ރައީސް ޕޫޓިން އާއި ކިމް ބުދަ ދުވަހު ބައްދަލު ކުރެއްވި އިރު އަސްކަރީ ކަންކަމާއި ޔޫކްރޭންގެ ހަނގުރާމައާ ގުޅިގެން އެއްބާރުލުން އިތުރު ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
ރަޝިއާ ވަޑައިގެން އުޅުއްވާ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން، ރަޝިޔާގެ ރަޝިޔާގެ ޖައްވީ، އަސްކަރީ އަދި ޓެކްނޮލޮޖީގެ އެހެން ވަސީލަތްތަކުގެ މަރުކަޒުތަކަށް ޒިޔާރަތް ކުރައްވާ ރަޝިޔާގެ ހައިޕަސޮނިކް "ކިންޒާލް" މިސައިލްތަކުގެ އިތުރުން ސްޓްރެޓެޖިކް، ނިއުކްލިއާ ގާބިލް ކަމާއި ބޮން ގޮއްވާ ބޯޓުތައް ބައްލަވާލައްވައިފި އެވެ.
ރަޝިޔާގެ ޕްރިމޯސްކީ ސަރަހައްދުގެ ގަވަރުނަރު އޮލެގް ކޮޒެމިއާކޯ ވަނީ ހޮނިހިރު ދުވަހު ވްލަޑިވޮސްޓޮކްގެ އިރު އުތުރުން ގާތްގަނޑަކަށް 40 ކިލޯމީޓަރު ދުރުގައި އޮންނަ އާޓިއޮމް ސިޓީއަށް ލީޑަރު ކިމް ވަޑައިގަންނަވާކަން އިއުލާން ކުރައްވާފަ އެވެ.
ކޮޒެމިޔާކޯ އާންމު ކުރެއްވި ވީޑިއޯއެއްގައި ހިނިތުންވެލައިގެން ހުންނެވި ކިމް އޭނާގެ އަމިއްލަފުޅު އާމާޑް ރޭލުގައި ދަތުރުފުޅު ކުރައްވާ ވަޑައިގެންނެވި އިރު މަރުހަބާގެ ގޮތުގައި ކުޑަކުދީން މާ ހަދިޔާ ކުރަމުން ދިޔަތަން ދައްކަ އެވެ.
އާޓިއޮމްއަށް ވަޑައިގަތުމަށް ފަހު ލީޑަރު ކިމް ދަތުރު ކުރެއްވީ ވްލަޑިވޮސްޓޮކް އެއާޕޯޓަށެވެ. އަދި ރަޝިއާ އަސްކަރީ ގާބިލިއްޔަތުކަން ވަޒަން ކުރެއްވެވި އިރު ޑިފެންސް މިނިސްޓަރު ރާރްހޭ ޝޮއިގޫ ވަނީ އުތުރު ކޮރެއާގެ ލީޑަރަށް ރަޝިޔާގެ އެންމެ ފަހުގެ ހައިޕަސޮނިކް ކިންޒާލް މިސައިލް އުފުލާ މިގް-31 ފަޔާ ޖެޓެއް ހަދިޔާ ކުރި އެވެ.
މީގެ އިތުރުން އަދި ސްޓްރެޓެޖިކް ބޮން ގޮއްވާ ބޯޓުގެ ތިން މޮޑެލް ކަމަށްވާ ޓޫ-160، ޓޫ-95 އަދި ޓޫ-22އެމް3 ވެސް ކިމްއަށް ދައްކާލި އެވެ.
"މޮސްކޯއިން އުދުހި ޖަޕާނަށް ދަތުރުކޮށް އަނެއްކާވެސް އެނބުރި މޮސްކޯއަށް އައުމުގެ ގާބިލުކަން އެއަށް ލިބިފައިވޭ" އެ މަތިންދާބޯޓުތަކުގެ ތެރެއިން އެއް މަތިންދާބޯޓާ ބެހޭ ގޮތުން ޝޮއިގޫ ކިމް އަށް ތަފުސީލެއް ދެއްވި އެވެ.
އަދި ކިމް ވަނީ އެ މަތިންދާބޯޓުން މިސައިލްތައް ފޮނުވާލަނީ ކިހިނެއްތޯ ވެސް ސުވާލު ކުރައްވާފަ އެވެ. އެ ވަގުތު ރަޝިޔާގެ އޮފިޝަލަކު ވިދާޅުވީ ބޮން ގޮއްވާ ސްޓްރެޓެޖިކް އެ ބޯޓުތަކަކީ ރަޝިޔާގެ ނިއުކްލިއާ ބާރުތަކުގެ މުހިންމު އެއް ބައި ކަމަށެވެ.
އެއާކްރާފްޓް ޕްލާންޓަށް ކުރެއްވި ދަތުރުފުޅުގައި ކިމް ވަނީ ރަޝިޔާގެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އޭވިއޭޝަން ޓެކްނޮލޮޖީތައް ބައްލަވާލައްފާ އެވެ. އަދި މިއަދު ވްލަޑިވޮސްޓޮކްގައި ހުންނަ ރަޝިޔާގެ ކަނޑުގެ ސިފައިންގެ ބޯޓުތަކަށް ވެސް ކިމް ޒިޔާރަތް ކުރައްވާނެ އެވެ.
ކިމްގެ ދަތުރަށް ފަހު ރަޝިޔާ އާއި އުތުރު ކޮރެއާއާ ދެމެދު އަސްކަރީ އެއްބާރުލުން ލިބިގެންދާނެ އެވެ. ރައީސް ޕޫޓިން އާއި ކިމް ބުދަ ދުވަހު ބައްދަލު ކުރެއްވި އިރު އަސްކަރީ ކަންކަމާއި ޔޫކްރޭންގެ ހަނގުރާމައާ ގުޅިގެން އެއްބާރުލުން އިތުރު ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.