މާދަމާ އިން ފެށިގެން މަސް ގަންނަ އަގު 25ރ އަށް ބޮޑު ކުރަނީ

މިފްކޯ އިން ބުނި ގޮތުގައި މިހާތަނަށް މަސް ގަންނަމުން އައި އަގު ކަމުގައިވާ 17 ރުފިޔާ އިން 25 ރުފިޔާއަށް މާދަމާ ބޮޑު ކުރާނެ އެވެ.

މަސްވެރި އުޅަނދެއް: މާދަމާ އިން ފެށިގެން މަސް ގަންނަ އަގު 25ރ އަށް ބޮޑު ކުރަަން ވަނީ ނިންމާފައި -- ފޮޓޯ: ޒުވާން މަސްވެރިޔާ

މާދަމާ އިން ފެށިގެން މަސް ގަންނަ އަގު 25 ރުފިޔާއަށް ބޮޑު ކުރުމަށް ނިންމާ އެކަން ސަރުކާރުގެ މަސްކުންފުނި -- މިފްކޯ އިން އިއުލާނު ކޮށްފި އެވެ.

މިފްކޯ އިން ބުނި ގޮތުގައި މި ބަދަލު ގެންނަން ނިންމީ ޔޫރަޕަށް އެކްސްޕޯޓް ކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލަން ނިންމާފައިވާ ކަން ސަރުކާރަށް ޔަގީން ކުރެވުމާއި ގުޅިގެންނެވެ. މަހަަަށް ހަމަ އަގު ހޯދާ ދިނުމަށް ޔޫރަޕަށް ބޭކުރާ މަހުން ނަގާ ޑިއުޓީ ކަނޑާލަން ސަރުކާރުން ދިޔައީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެކި ލެވެލްގައި ސަރުކާރުން ވަނީ އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

އެ މަސައްކަތް ކާމިޔާބު ވާނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ.

މިފްކޯ އިން ބުނި ގޮތުގައި މިހާތަނަށް މަސް ގަންނަމުން އައި އަގު ކަމުގައިވާ 17 ރުފިޔާ އިން 25 ރުފިޔާއަށް މާދަމާ ބޮޑު ކުރާނެ އެވެ. 

މި ބޮޑު ބަދަލު ގެންނަން ނިންމުމުގެ ކުރީން ރައީސް ސޯލިހް ވަނީ މަސްވެރީންނާއި ބައްދަލު ކުރައްވާ އެ މީހުންގެ ކަންބޮޑުވުންތައް މިރޭ އަޑު އައްސަަވާފައެވެ. ކެމްޕެއިނާއި އެ ނޫން ދަތުރުފުޅުތަކުގައި ވެސް ރައީސް ވަނީ މީގެ ކުރީން މަސްވެރީންނާއި ބައްދަލު ކުރައްވާ ކަންބޮޑުވުންތައް އައްސަވާފައެވެ. މަސްވެރި ކަމުގެ ދާއިރާއަށް ގެންނަވާ މުހިންމު ބަދަލުތައް ވެސް އެމަނިކުފާނު ހިއްސާ ކުރެއްވި އެވެ.

މަސްވެރިކަން ތަރައްގީ ކުރުމަށް ސަރުކާރުން މިހާރު ހިންގާ މަސައްކަތްތައް ނިމި އަންނަ އަހަރުގެ ޖޫންގެ ނިޔަލަށް މަސްވެރީން ބާނާ ހުރިހާ މަހެއް ގަނެ ރައްކާކުރެވޭނެ ޖާގަ ތަނަވަސް ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މީގެ ކުރީން ވަނީ ވިދާޅުވެފައެވެ.

މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަމުގެ ތަރައްގީއާ ގުޅޭ 25 މަޝްރޫއުއެއް ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ. އެ ގޮތުން ކޫއްޑޫގެ ކެޕޭސިޓީ އިތުރުކުރުމާއި ފެލިވަރު މަސް ފެކްޓްރީ ބޮޑު ކުރުމާއި ތިނަދޫގައި މަސް ގަނެ ރައްކާކުރާނެ ފެސިލިޓީއެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި މިހާރު ވެސް މަސް ގަނެ ރައްކާކުރާނެ ތަންތަން ހަދަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ އުތުރުގެ އިހަވަންދޫއާ ދެކުނުގެ އައްޑޫ އަދި ފުވައްމުލަކު ސިޓީއާ މ. މުލަށް އަދި ކަނޑުއޮއްގިރީގައެވެ.

"ކުރިއަށް އޮތް 2024 ވަނަ އަހަރުގެ ޖޫން މަހާއި ހަމައަށް އަންނައިރުގައި އަޅުގަނޑުމެން ފަށާފައި މި ހުރި މަަސައްކަތްތައް ނިމި އިރާދަކުރެއްވިއްޔާ މަސްވެރީން ބާނާ ހުރިހާ މަހެއް ގަނެ ރައްކާކުރެވޭ ވަރު އަޅުގަނޑުމެންނަށް ކުރެވޭނެ. އަދި މަހުގެ އަގަށް ރަނގަޅު އަގެއް ހޯދުމަށްޓަކައި މަސް އެކްސްޕޯޓްކުރާ އިނގިރޭސިވިލާތާއި އީޔޫއާއެކީގައި މަޝްވަރާތަކެއް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން،" އޮގަސްޓް ނުވަވަނަ ދުވަހު ގެމަނަފުށީގައި ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.