ފަޒްނާ ވިދާޅުވީ މިއަދު އިތުރު ފަސް ވޯޓް ލިބިފައިވާ ކަމަށާ އެކަމަށް މާތްﷲ އަށް ހަމްދު ކުރައްވާ ކަަމަށެވެ. އަދި އެދިވަޑައިގަތީ ޒުވާބު ކުރުމުގައި ވަގުތު ބޭކާރުނުކޮށް އެންމެންވެސް ވޯޓް ހޯދަން މަސައްކަތް ކުުރުމަށެވެ.
މިއަދުވެސް އިތުރު ފަސް ވޯޓް ހޯއްދަވާފައިވާ ކަމަށް ވިދާޅުވެ މީހުންނާއި ޒުވާބު ކުރުމުގައި ވަގުތު ބޭކާރުނުކޮށް އެންމެންވެސް ވޯޓް ހޯދަން މަސައްކަތް ކުުރުމަށް ފަސްޓްލޭޑީ މެޑަމް ފަޒުނާ އަހްމަދު އެމްޑީޕީއާ ރައީސް ސޯލިހްގެ ސަޕޯޓަރުންނަށް އިލްތިމާސް ކުރައްވައިފި އެވެ.
އެކަމަނާ މިކަމަށް އިލްތިމާސް ކުރެއްވީ މިރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. އެ ޕޯސްޓް ކުރެއްވީ މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގެތަކަށް ވަޑައިގެންނެވުމަށް ފަހު އެވެ. ފަޒްނާ ވިދާޅުވީ އިންތިހާބުން ބޭނުއްވި ނަތީޖާ ނުލިބި ދެރަވިޔަސް އެއްވެސް މީހަކު އުންމީދު ކަނޑައެއް ނުލާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ރަށްތަކާއި ރާއްޖޭން ބޭރަށް ގުޅައިގެން ރީ-ރަޖިސްޓާ ކުރަން ތައްޔާރު ވަމުންދާ ކަމަށެވެ. އަދި ރައީސް ސޯލިހްގެ ސަރުކާރާއި ގުޅޭގޮތުން ފަތުރަމުންދާ ހީލަތްތެރި ދޮގު ވާހަކަތަކުގެ ހަގީގަތް ވެސް މީހުންނަށް އޮޅުން ފިލުވައިދެއްވަމުން ގެންދަވާ ކަމަށެވެ.
މީގެ އިތުރުން ފުރަަތަމަ ބުރުގައި ވޯޓްލާން ނުދާ މީހުންނާއި ދިމާވި ކަމަށާ ދެވަނަ ބުރެއް އޮންނާނެތީ ނުދިޔައީ ކަމަށް ބުނާ މީހުން ވެސް ތިބި ކަމަށެވެ. އަދި "އޮފާ" އެއް ލިބުމުން އައިޑީކާޑު ދޫކޮށްލާފައި ގޭގައި މީހަކު ހުރިކަަން ވެސް އެނގުނު ކަމަށެވެ.
ފަޒްނާ ވިދާޅުވީ މިއަދު އިތުރު ފަސް ވޯޓް ލިބިފައިވާ ކަމަށާ އެކަމަށް މާތްﷲ އަށް ހަމްދު ކުރައްވާ ކަަމަށެވެ. އަދި އެދިވަޑައިގަތީ ޒުވާބު ކުރުމުގައި ވަގުތު ބޭކާރުނުކޮށް އެންމެންވެސް ވޯޓް ހޯދަން މަސައްކަތް ކުުރުމަށެވެ. އެކަމަމާ ވަނީ އިންތިހާބު ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައެެވެ.