ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ނުފޫޒުގަދަ އެއް ކުންފުންޏަކީ ޓީއެމްއޭއެވެ. އެ ކުންފުނިން ދަނީ ރާއްޖޭގެ ގިނަ އަދަދެއްގެ ރިސޯޓުތަކާއެކު އެއްބަސްވުންތައް ހަދައި ޓޫރިސްޓުން ގެންގޮސް ދިނުމުގެ ހިދުމަތް ދެމުންނެވެ.
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ހިދުމަތް ފުޅާ ކުރަން އެ ކުންފުނިން އަލަށް ގެނައި ދެ ބޯޓާއެކު ފްލީޓު 63 އަށް ފުޅާ ކޮށްފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ކުންފުނި، ރާއްޖޭގެ ޓީއެމްއޭގެ ހިދުމަތަށް އަލަށް ގެނައި ދެ ސީޕްލޭން މިއަދު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އައިސްފަ އެވެ.
ޓީއެމްއޭ އިން މިފަހަރު ވެސް ރާއްޖެ ގެނެސްފައިވަނީ ޑީއެޗްސީ 6 - ޓުވިން އޮޓޯ މަރުކާގެ ދެ ބޯޓެކެވެ. އަދި އެ ކުންފުނިން ދަނީ އަލަށް ގެނައި ދެ ބޯޓާއެކު ދެކުނުގެ އަތޮޅުތަށް ކަމަށްވާ ލާމު އަދި ގއ. ގައި މި އޮޕަރޭޝަންތައް ފެށުމަށް ތައްޔާރު ވަމުންނެވެ.
ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ނުފޫޒުގަދަ އެއް ކުންފުންޏަކީ ޓީއެމްއޭއެވެ. އެ ކުންފުނިން ދަނީ ރާއްޖޭގެ ގިނަ އަދަދެއްގެ ރިސޯޓުތަކާއެކު އެއްބަސްވުންތައް ހަދައި ޓޫރިސްޓުން ގެންގޮސް ދިނުމުގެ ހިދުމަތް ދެމުންނެވެ. ވީއައިއޭގައި އަލަށް ހަދައި ހުޅުވާފައިވާ އާ ޓާމިނަލްގެ ބޮޑުބައެއްވެސް ހިއްސާ ކުރަނީ އެ ކުންފުނިންޏެވެ.
ސަޅި، އަދި ދެކުނަށް ދަތުރު އެޅުން އެއި އެންމެ އުފާވާ ވާހަކަ، ޓީ އެމް އޭ އަށް އިތުރު ކާމިޔާބަށް އެދެން