ގާނޫނުގައި ނެތް ޑުރަގަކަށް ވުމުން މީހުން ދޫކޮށްލައިފި

އެކަމަކު ފުލުހުން އިއްޔެ ވަނީ އެމީހުން ދޫކޮށްލައިފަ އެވެ. ފެނުނީ ހެރޮއިން ކަމަށް ސީޕީ ވިދާޅުވި ނަމަވެސް އެއީ ހެރޮއިން ނޫން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ހޯދި ގާނޫނުގައި ބަޔާންކޮށްފައިވާ ނުވާ ބާވަތުގެ ޑްރަގްސް: ހައްޔަރުކުރި މީހުން ވަނީ ދޫކޮށްލާފައި --

މާލޭގެ އެކި ތަންތަން ބަލައި ފާސް ކުރަމުން ދިޔައިރު، ފޮރުވާފައި ހުއްޓާ ފެނުނު ހަތަރު ކިލޯގެ މަސްތުވާތަކެއްޗަކީ ގާނޫނުގައި ބަޔާންކޮށްފައި ނެތް ބާވަތަކަށް ވެގެން އެ މައްސަލައިގައި ހައްޔަރުކުރި ފަސް މީހުން ބަންދުން ދޫކޮށްލައިފި އެވެ.

ހަތަރު ކިލޯގެ ހެރޮއިން އާއިއެކު ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ޓްވީޓެއް ކުރެއްވި އެވެ. 

ހަމީދު އެ ދުވަހު ވިދާޅުވެފައި ވަނީ މާލޭގެ 10 ތަނެއް ބަލައި ފާސް ކޮށްގެން ފޮރުވާފައި ހުއްޓާ ހޯދި މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެކަމަކު ފުލުހުން އިއްޔެ ވަނީ އެމީހުން ދޫކޮށްލައިފަ އެވެ. ފެނުނީ ހެރޮއިން ކަމަށް ސީޕީ ވިދާޅުވި ނަމަވެސް އެއީ ހެރޮއިން ނޫން ކަމަށް ފުލުހުން ފަހުން ބުނެފައި ވެއެވެ.

ފުލުހުން މިއަދު "މި" ނޫހަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ފުލުހުން އެތަކެތި ފޮރެންސިކް ތަހުލީލު ކުރިއިރު އެއީ މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލުގައި ލިސްޓް ކޮށްފައިވާ މަސްތުވާއެއްޗަކަށް ނުވާ ކަމަށާއި އެ ސަބަބާ ހެދި އެމީހުންގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ލަފާދީފައިވާ ކަމަށެވެ.

"އިއްޔެ އެމީހުން ދޫކޮށްލާފައި ވަނީ އެމީހުންގެ އަތުން ފެނުނު ތަކެތި ފޮރެންސިކް ތަހުލީލު ކުރިއިރު ދައްކާފައިވަނީ މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލުގައި ލިސްޓް ކޮށްފައިވާ މަސްތުވާ އެއްޗަކަށް ކަމަށް ނުވާތީ ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީ އޮފީހުން ލަފާދީފައިވާތީ،" ފުލުހުން ބުންޏެވެ.

ރާއްޖޭގައި ގާނޫނު އޮންނަ ގޮތުން، މަސްތުވާތަކެތި ކަމަށް ބެލެވެނީ މަސްތުވާތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ އެއްޗެހި އެކަންޏެވެ. މަސްތުވާއެއްޗަކަށް ވިޔަސް، އެ ގާނޫނުގެ ދަށުން މީހަކަށް ފިޔަވަޅެއް އެޅޭނީ ލިސްޓުކޮށްފައިވާ މަސްތުވާ އެއްޗަކަށް ވާނަމަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.