ޖާބިރު އިސްތިއުފާ ދެއްވި ވާހަކަ އަކީ ދޮގެއް

މަޖިލީހުގެ އިދާރާ އިން ބުނީ ޖާބިރު އެފަދަ ސިޓީއެއް ނުފޮނުވާ ކަމަށެވެ. އޭނާގެ އާއިލާ އިން ވެސް މިއަދު ބުނި ޖާބިރު އިސްތިއުފާ ނުދެއްވާ ކަމަަށެވެ.

ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު؛ އިސްތިއުފާ ދެއްވި ކަމަށް ބުނާ ވާހަކަ އަކީ ދޮގެއް -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އިސްތިއުފާގެ ސިޓީއެއް ލިބިފައި ނުވާ ކަމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނެފި އެވެ.

މަޖިލީހުގެ މި ދައުރު ނިމޭން މަހަކަށް ވެފައި ވަނިކޮށް ޖާބިރު މެންބަރު ކަމުން އިސްތިއުފާ ދީފައިވާ ކަމަށް ބުނެ މިދިޔަ ހުކުރު ދުވަހު މީޑިއާތަކުން ވަނީ ހަބަރު ގެނެސްދީފައެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ ޖާބިރު އެފަދަ ސިޓީއެއް ނުފޮނުވާ ކަމަށެވެ. އޭނާގެ އާއިލާ އިން ވެސް މިއަދު ބުނި ޖާބިރު އިސްތިއުފާ ނުދެއްވާ ކަމަަށެވެ.

ޖާބިރަކީ ހިނގަމުން މިދާ މަޖިލީހުގައި އެންމެ ގަދަ އަޑެވެ. ކުރައްވާ ކަންކަމާއި ތަޅުމުގައި ދައްކަވާ ވާހަކަތަކާއި ގުޅިގެން ނިމޭން މިދާ މަޖިލީހުގައި އެންމެ ފާހަގަކޮށްލެވޭ މެންބަރަކީ ޖާބިރެވެ.

ވިހިވަނަ މަޖިލީސް އިންތިހާބު ގައި ވެސް ޖާބިރު ވާދަ ކުރެއްވި އެވެ. ފުރަތަމަ މަސައްކަތް ކުރެއްވީ އެމްޑީޕީގެ ޓިކެޓް ގައި މަޖިލީހަށް ވާދަ ކުރެއްވުމަށެވެ. ނަމަވެސް ދީނަށް ފުރައްސާރަ ވާ ގޮތަށް ތަކުރާރު ކޮށް އޭނާ ވާހަކަ ދައްކަވަމުން ގެންދަވާތީ އެމްޑީޕީން ނިންމީ ޖާބިރުގެ އަތުން ޓިކެޓް އަތުލާށެވެ.

އެހެންވެ ދެން ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. ނަމަވެސް ލިބިވަޑައިގަތީ ވަރަށް ދަށް ނަތީޖާ އެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.