ޑެންގީ އިތުރު، ހަ ކުއްޖަކު އެޑްމިޓް ކޮށްފައި

މި ދުވަސްވަރު ހަލުވިކަމާއެކު ޑެންގީ ފެތުރޭތީ އެޗްޕީއޭ އިން ދަނީ ތަކުރާރުކޮށް ބަލިން ރައްކާތެރިވެ ތިބުމަށް އިލްތިމާސްކުރަމުންނެވެ.

މަދިރި މަރަން ފޮގް ކުރަނީ: ޑެންގޫ އަދި ޗިކުންގުންޔާ ހަލުވިކަމާއެކު ދަނީ ފެތުރެމުން --

ރާއްޖޭގައި ހަލުވި ކަމާއެކު ޑެންގީ ފެތުރެމުންދާތީ އެކަމަށް ސަމާލުވެ ރައްކާތެރިވެތިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކުރަމުންދާއިރު މިހާރު ވެސް ހަ ކުއްޖަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ޑރ. ފައިސަލް މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އައިޖީއެމްއެޗްގައި ޑެންގީ ޖެހިގެން ހަ ކުއްޖަކަށް ފަރުވާދެމުންދާ ކަމަށެވެ. ބައެއް ކުދިންގެ ހާލު ދެރަވެ، ލޭ އަޅަން ޖެހިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ ފުރާނައަށް ނުރައްކާ ބައެއްޔެއް ކަން ހަނދާން ނައްތާނުލާތި. މަދިރިން ރައްކާތެރިވޭ،" ޑރ. ފައިސަލް ވިދާޅުވި އެވެ.

މި ދުވަސްވަރު ހަލުވިކަމާއެކު ޑެންގީ ފެތުރޭތީ އެޗްޕީއޭ އިން ދަނީ ތަކުރާރުކޮށް ބަލިން ރައްކާތެރިވެ ތިބުމަށް އިލްތިމާސްކުރަމުންނެވެ.

އެ އެޖެންސީން ބުނި ގޮތުގައި ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމާ ގުޅިގެން ޑެންގީ ފެތުރޭ މިންވަރު އިތުރުވެ އެވެ. މިއަހަރު ވިއްސާރަ މޫސުން ދިގުލައިގެން ގޮސްފައިވާއިރު މަދިރި އާލާވުން ކުރިއަށް އޮތް ތަނުގައި ގިނަވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ޑެންގީ ޖެހެނީ އީޑީސް މަދިރީގެ ސަބަބުންނެވެ. އެ މަދިރިއަކީ ސާފު ފެނުގައި އުފެދޭ އެއްޗެއް ކަމުން މަދިރި އެފެދޭނެ ތަންތަން ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުމަށް ފިޔަަވަޅު އެޅުމަށް ވަނީ އެދިފަ އެވެ.

އޭގެ އިތުރުން އީޑީސް މަދިރިން ޖެހޭ ޗިކަންގުންޔާ ފެތުރުން ވެސް ވަނީ އިތުރުވެފަ އެވެ. އެޗްޕީއޭ އިން ވަނީ އެކަމަށް ވެސް ރައްކާތެރިވާން އެދިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.