އެމްއެންޑީއެފުން ވަނީ އަލިފާންގަނޑު ރޯވިތާ 10 މިނެޓު ތެރޭގައި ނިއްވާލާފައެވެ. އަލިފާން ނިއްވާލި އިރު މުޅި ބަދިގެ ހުރީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ.
އެމްއެންޑީއެފްއިން ބުނީ އަލިފާން ރޯވީ ކުޅުދުއްފުށީ "ގޮންބުލިމާގެ" ނަމަކަށް ކިޔާ ގޭގެ ބަދިގޭގައި ކަމަށެވެ. ރޯވި އަލިފާންގަނޑު ނިއްވާލާފައި ވަނީއެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުންނެވެ.
ގޭގައި ރޯވިކަމުގެ ރިޕޯޓުކުރީ، ހެނދުނު 10:30 ހާއިރު ކަމަށާއި، ވަގުތުން އެގެއަށް ގޮސް 10 މިނެޓުތެރޭގައި އަލިފާން ނިއްވާލެވުނު ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދިނެވެ.
މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އެ ގޭގެ ބަދިގެއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފުން ހާމައެއް ނުކުރެ އެވެ.