ފަލަސްތީނުގެ ހައްގުގައި އިސްލާމީ އުންމަތް ތެދުވަން ސަރުކާރުން ގޮވާލައިފި

ޝަހީމްގެ ވާހަކަފުޅުގައި ފަލަސްތީނުގައި ހިންގާ ގަތުލުއާމު ދާއިމަށް ހުއްޓާލުމަށާއި، އެެގައުމުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލެއްވި އެވެ.

އިސްލާމިކް ސަމިޓުގައި މިނިސްޓަރު ޑރ. ޝަހީމް -- ފޮޓޯ/ ރައީސް އޮފީސް

ފަލަސްތީނުގެ ހައްގުގައި މުޅި އިސްލާމީ އުންމަތް ތެދުވުމަށާއި، އެގައުމުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން ގޮވާލައިފި އެވެ. 

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި ކުރިއަށް ގެންދާ އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓްގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ފަލަސްތީނުގައި ކުރިއަށް ގެންދާ ގަތުލު އާންމު ދާއިމަށް ހުއްޓާލަން ޖެހޭ ކަމަށެވެ. 

މިނިސްޓަރު ޝަހީމްގެ ވާހަަކަފުޅުގައި، ދެމެހެއްޓެނިވި ސުލްހަ ގެނެސްދިނުމަށް، އދ.ގެ ސަލަމަތީ މަޖިލީހުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާތީ ކަންބޮވުން ފާޅުކުރެއްވި އެވެ. 

މި ސަމިޓުގައި މިނިސްޓަރު ޝަހީމް ވަނީ ރޮހިންޔާ ނަސްލު ނައްތާލުމަށް ހިންގަމުންދާ ލާއިންސާނީ އަމަލުތައް ވެސް ކުއްވެރިކުރައްވާފަ އެވެ. އަދި ޑރ. ޝަހީމް ވަނީ މިޔަންމާއާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ގެމްބިއާއިން ހުށަހަޅާފައިވާ އެގައުމުން ކުރަމުން ގެންދާ މަސައްކަތުގައި ގާތުން މަސައްކަތް ކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. 

އިސްލާމްދީނާއި ދެކޮޅަށް ހިންގަމުންދާ އެކިއެކި ހަރަކާތްތައް ހުއްޓުވުމަށް ވެސް މިނިސްތަޓަރު ގޮވާލެއްވި އެވެ. އެ ގޮތުން އިސްލާމްދީނުގައި ބާރުއަޅާ ސުލްހަވެރިކަމާއި އެކުވެރިކަމާ އެކު، އެއްބަޔަކު އަނެއް ބަޔަކަށް އިޙުތިރާމުކުރުމާއި، ކެތްތެރިކަން އިސްކުރުންފަދަ، ކަންކަމުގެ މައުލޫމާތު ފެތުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް މިނިސްޓަރު އަލިއަޅުއްވާލެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.