ބޮޑު ބިލު ދެއްކި ގޭގެއަށް އަންނަ މަހު ޑިސްކައުންޓް ލިބޭނެ

ވިދާޅުވީ ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލްތަކުން ޑިސްކައުންޓު ހިމެނުމުން ފަރަގުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލްތަކުން އުނިކޮށްދޭން ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

ސްޓެލްކޯ --

ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލްތަކުން ޑިސްކައުންޓު ހިމެނުމުން ފަރަގުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލްތަކުން އުނިކޮށްދޭ ކަމަށް ކަރަންޓް ކުންފުނި -- ސްޓްލެކޯގެ އެމްޑީ ހުސައިން ފަހްމީ ވިދާޅުވެއްޖެ އެވެ.

ރޯދައިގެެ ފެނާކަރަންޓުން ހުރިހާ ގޭބީސީއަކަށް ޑިސްކައުންޓް ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފައެވެ. ރައީސް މި އެންގެވުން އެންގެވިއިރު ބައެއް ގޭގެ އިން ވަނީ ކަރަންޓް ބިލް ދައްކާފަ އެވެ. 

ފަހުމީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފައިވާ ގޮތަށް ނިމިދިޔަ ރޯދަ މަހު ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ ބިލްތައް އާންމު މަސް މަހުގެ ބިލްތަކަށް ވުރެ ބޮޑު ނުވާނޭހެން ޑިސްކައުންޓު ދިނުމަށް ނިންމާ އެކަން ސްޓެލްކޯ އިން ވާނީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް ތަންފީޒު ކޮށްފައި ކަމަށެވެ.

އެގޮތުން ރޯދަ މަހުގެ ދުވަސްތައް ހިމެނޭހެން އެޕްރީލް މަހު ފޮނުވާފައިވާ ބިލްތަކުގައި ޑިސްކައުންޓް ހިމަނާފައިވާ ރޯދަ މަހުގެ ބާކީ ދުވަސްތައް ހިމެނޭހެން އެންމެ ފަހުން ތައްޔާރު ކޮށްފައިވާ ބިލްތަކުގައި ވެސް ޑިސްކައުންޓު ހިމެނުމަށް ފަހު މިރޭގެ ނިޔަލަށް އެ ބިލްތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ދަނީ ކުރަމުން ކަމަށް ފަހުމީ ވިދާޅުވި އެވެ.

އަދި ވިދާޅުވީ ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލްތަކުން ޑިސްކައުންޓު ހިމެނުމުން ފަރަގުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލްތަކުން އުނިކޮށްދޭން ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުން އެދޭފަދަ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމުގައްޔާއި ރައްޔިތުންނަށް ލުއި ފަސޭހަކަން ގެނެސްދެވޭނެ ކޮންމެ ކަމެއް ކުރުމުގައި ސްޓެލްކޯ އަބަދުވެސް ދެމި އޮންނާނެ ކަމުގެ ޔަގީންކަން އަރުވަން،" ފަހުމީ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.