ޑިމޮކްރެޓްސްގެ ފުރަތަމަ މޮޅު: މަޑުއްވަރީ ރައީސްގެ ގޮނޑި ނަގައިފި

އިންތިހާބު ކާމިޔާބު ކުރީ އާޒިމް އެވެ. މިއީ އެމްޑީޕީން ވަކިވި ބޭފުޅުން އުފެއްދެވި ދަ ޑިމޮކްރެޓްސް އަށް ލިބުނު ފުރަތަމަ މޮޅެވެ.

ޑިމޮކްރެޓްސްގެ ކެންޑިޑޭޓް މުހައްމަދު އާޒިމް އަލީ (ޓޮޓީ)

މިއަދު އޮތް މ. މަޑުއްވަރީ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ކާމިޔާބު ކޮށްފި އެވެ.

މަޑުއްވަރީ ރައީސް ކަމަށް ދެ ބޭފުޅަކު ވާދަކުރި އެވެ. އެއީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓެއްގެ ގޮތުގައި މުހައްމަދު އާޒިމް އަލީ (ޓޮޓީ) އާއި ސަރުކާރު ހިންގާ ކޮންގްރެސްގެ ކެންޑިޑޭޓެއްގެ ގޮތުގައި އަބްދުالله އަލީ އެވެ.

އިންތިހާބު ކާމިޔާބު ކުރީ އާޒިމް އެވެ. މިއީ އެމްޑީޕީން ވަކިވި ބޭފުޅުން އުފެއްދެވި ދަ ޑިމޮކްރެޓްސްއަށް ލިބުނު ފުރަތަމަ މޮޅެވެ. މީގެ ކުރީން ބޭއްވި ބައެއް އިންތިހާބު ތަކުގައި އެ ޕާޓީން ކެންޑިޑޭޓުން ނެރުނު ނަމަވެސް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ.

އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބަށް ވެސް އެ ޕާޓީން ކެންޑިޑޭޓުން ނެރުނެވެ. އެ އިންތިހާބުން ލިބުނީ ތިންވަނަ އެވެ. މަޖިލީސް އިންތިހާބަށް 37 ކެންޑިޑޭޓުން ނެރުނެވެ. އެއްވެސް ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ.

ޑިމޮކްރެޓްސްއަށް މިއަދު ލިބުނު ކާމިޔާބީއާ ގުޅިގެން ރައީސް ނަޝީދާއި އެ ޕާޓީގެ އިސް ބޭފުޅުން ގެންދަނީ މަރުހަބާ ވިދާޅުވަމުންނެވެ. މިއަދުގެ ކާމިޔާބީ އެ ޕާޓީއަށް ލިބުނީ މަޑުއްވަރީ ރައީސް ކަމުގެ މަގާމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓަކު ނުނެރުމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.