މާލެ ސިޓީ ކައުންސިލުން ބުނީ މި މީހާ އަކީ މާލޭ މަގުމައްޗަށް ކުނިއަޅާ ކަން ފާހަގަ ކުރެވިގެން ކައުންސިލުން ހޯދި މީހެއް ކަމަށެވެ.
މާލޭގެ މަގުތަކަށް ކުނި އަޅާ ބިދޭސީއަކު ހިފަހައްޓާ ފުލުހާ ހަވާލުކޮށް ޑީޕޯޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި މީހާ އަކީ މާލޭ މަގުމައްޗަށް ކުނިއަޅާ ކަން ފާހަގަ ކުރެވިގެން ކައުންސިލުން ހޯދި މީހެއް ކަމަށެވެ. އޭނާ އަކީ ގަވާއިދާއި ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްގެ މީހެއް ކަމަށް ވެސް ބުންޏެވެ.
އެ މީހާ މިހާރު ވަނީ ފުލުހުންނާއި ހަވާލުކޮށްފައި ކަމަށާ ފުލުހުން ދަނީ އިމިގްރޭޝަނާއި ގުޅިގެން އޭނާ ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް ވިޔަފާރި ކުރަމުން ގެންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް އެފަދަ ބޭރު މީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްޗކުރަން މިހާރު ފަށައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވަނީ އިއުލާނު ކުރައްވާފައެވެ.