މަންޑޭއަށް ސިހުރު ހެދިކަމަށް ބުނާ މީހާގެ ބަންދަށް 15 ދުވަސް

އެ މީހާ ސިހުރު ހެދީ ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު މަމްދޫހަށެވެ. އޭނާ ލައްވާ އެކަން ކުރުވީ އެ ރަށުގެ އިސް މަގާމެއްގައި ހުރި މީހެއް ކަމަށް ވެސް ތުހުމަތު ކުރެ އެވެ.

ފުނަދޫގައި ގަހަކަށް ސިހުރު ހަދާފައި ހުރި ކަމަށް ބުނެ ސިހުރު ހެދިތަކެތި ނަގަނީ

ސިހުރު ހެދިކަމަށް ތުހުމަތު ކޮށް ށ. ފުނަދޫން ހައްޔަރު މީހާގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ފުނަދޫ ގައި ސިހުރު ހެދި ކަމުގެ ތުހުމަތު ގައި މީހަކު ހައްޔަރު އޭނާ ބަންދަށް މުއްދަތު ޖަހަން ގެންދިއުމުން ފުނަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ.

އެ މީހާ ސިހުރު ހެދިކަމަށް ބުނަނީ ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު މަމްދޫހަށެވެ. އޭނާ ލައްވާ އެކަން ކުރުވީ އެ ރަށުގެ އިސް މަގާމެއްގައި ހުރި މީހެއް ކަމަށް ވެސް ތުހުމަތު ކުރެ އެވެ. ނަމަވެސް އެ މީހާ އެކަން ދޮގު ކުރެ އެވެ.

ދުރު ރަށަކުން މީހަކު ގެނެސް ސިހުރު ހަދާ ރަށުގެ އެކި ގަސްގަހަށް ލޮއިތަކެއް ވަނީ ޖަހާފައެވެ. އެ ލޮއިތަކުގެ ގުރުއާންގެ އާޔަތްތަކާއި އެކި ކަހަލަ އަކަ ކުރަހާ މަމްދޫހުގެ ނަން ވެސް ޖަހާފައިވެ އެވެ. އެ މީހާ ސިހުރު ހެދީ މަމްދޫހު މަރާލަން ކަމަށް ބުނެ އެ މީހާއަށް ހަމަލާދޭން ރަށުގެ ވަރަށް ގިނަ ބަޔަކު ކޯޓް ކައިރިއަށް އެއްވި އެވެ.

މީހުން ކޮންޓްރޯލް ކުރަން ދަތިވެ ފުލުހުން ވަނީ ބާރުގެ ބޭނުން ވެސް ކޮށްފައެވެ. އެއްވި މީހުންގެ ގަޔަށް ގިނަ އަދަދަކަށް ޕެޕާސްޕްރޭ ޖެހި އެވެ.

ރާއްޖޭގައި ސިހުރުގެ ވަބާގެ ނުރައްކާ ވަނީ ވަރަށް ބޮޑުވެފައެވެ. ސިހުރު ޖެހި އެތައްބައެއްގެ ދިރިއުޅުން ވަނީ ގެއްލިފައެވެ. ސިހުރަކީ މާތްﷲ ހަރާމް ކުރެއްވި ބޮޑެތި ހަތް ފާފައިގެ ތެރޭގައި ހިމެނޭ ނުބައި އަމަލެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.