ހައްޔަރު ކޮށްފައި ވަނީ އުމުރުން 60 އަހަރުގެ މީހެކެވެ. އެއީ ދިވެހި ފިރިހެން ކަމަށް ވެސް ބުންޏެވެ.
ފުލުހުން ވަނީ އެކަން ޔަގީން ކޮށްދީފަ އެވެ.
ފުލުހުންގެ މީޑީއާ އޮފިސަރު ދެންމެ ވިދާޅުވީ ށ. ފުނަދޫ ގައި ސިހުރު ހެދި ކަމުގެ ތުހުމަތު ގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ހައްޔަރު ކޮށްފައި ވަނީ އުމުރުން 60 އަހަރުގެ މީހެކެވެ. އެއީ ދިވެހި ފިރިހެން ކަމަށް ވެސް ބުންޏެވެ.
އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށް ބުންޏެވެ.
ރާއްޖޭގައި ސިހުރުގެ ވަބާގެ ނުރައްކާ ވަނީ ވަރަށް ބޮޑުވެފައެވެ. ސިހުރު ޖެހި އެތައްބައެއްގެ ދިރިއުޅުން ވަނީ ގެއްލިފައެވެ. ސިހުރަކީ މާތްﷲ ހަރާމް ކުރެއްވި ބޮޑެތި ހަތް ފާފައިގެ ތެރޭގައި ހިމެނޭ ނުބައި އަމަލެކެވެ.